ރާއްޖެއަށް އައި ދަތުރުގައި ބޭނި މަހާއެކު ދުނިޔޭގެ ރެކޯޑެއް
އެމެރިކާގެ ފްލޮރިޑާގެ ރައްޔިތެއް ކަމަށްވާ ޓްރިސްޓަން ތެރަރޯޓުއާ ރާއްޖެއައީ ޗުއްޓީ ހޭދަކޮށް މަޖާކޮށްލުމަށެވެ. އޭނާ ޗުއްޓީ ހޭދަ ކުރަމުން އައީ އައްޑޫގައެވެ. މިފަތުރުވެރިޔާ އަކީ ޖިގިންގެ މަސްވެރިކަން ކުރާފަރާތެކެވެ. މިދަތުރުގައި އޭނާ ބޭނި މަހުން ދުނިޔޭގެ ރެކޯޑެއް ވަނީ މުގުރާލާފަ އެވެ. ޓްރިސްޓަން މިދިޔަމަހުގެ 15 ވަނަ ދުވަހު މަސްބާނަން ގޮސް ބޭނި މަހަކީ “ބްލެކް ސްނޯކް” (ތޮޅީގެ ބާވަތެއް) އެކެވެ. އެ މަސް މުހިންމުވީ އޭގެ ސައިޒުގެ ސަބަބުންނެވެ. އެއީ 14 ކިލޯގެ 68.5 އިންޗީގެ މަހެކެވެ. […]