މިފްކޯއިން މިއަދުން ފެށިގެން މަސް ގަންނަވަރު ލިމިޓް ކޮށްފި
ދެކުނުގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ، ކެޕޭސިޓީއަށްވުރެ އިތުރަށް މަސް ކިރުވާތީ މިފްކޯ އިން މަސް ގަންނަ އަދަދު ލިމިޓް ކޮށްފިއެވެ. އެ އަދަދު ލިމިޓް ކުރީ މިއަދުން ފެށިގެންނެވެ. އެގޮތުން މިއަދުން ފެށިގެން ކިޔޫގައި ޖެހޭ ދޯނިތަކުން ކިރުވާނީ ދޯންޏަކުން ފަސް ޓަނުގެ މަހެވެ. މިފްކޯއިން ނެރުނު ބަޔާނެއްގައި ބުނީ އެއްފަހަރާ ގިނަ ދޯނިތަކުން ދެކުނުގެ ސެންޓަރުތަކަށް މަސް ކިރުވާ އަދަދު، ކެޕޭސިޓީއަށް ވުރެ އިތުރުވެފައިވާތީ މަސް ކިރުމުގައި ދަތިތަކާ ދިމާވާ ކަމަށެވެ. އެގޮތުން ފާއިތުވި […]