އުރީދޫ މޯލްޑިވްސް އިން ރޯދަ މަހަށް ހާއްސަ ކުއިޒެއް ފަށައިފިއެވެ.

މިއަދު ފެށި މި ކުއިޒަކީ ކޮންމެ ބުދަ ދުވަހަކު އޮންނަ ކުއިޒެކެވެ. މިއީ ޕީސް ފައުންޑޭޝަނާ ގުޅިގެން އުރީދޫ އިން ހިންގާ ކުއިޒެކެވެ.

Ad
rt

މި ކުއިޒުގައި ކުރާ ސުވާލަށް ޖަވާބު ދޭން ޖެހޭނީ އެ ކުއިޒާއެކު ދޭ ކުއިޒު ޓޭބަލުގައި ރަނގަޅު ޖަވާބު ފާހަގަކޮށް ބޮޅު އަޅައިގެންނެވެ. މި ކުއިޒު ކުރިއަށްދާނީ އުރީދޫގެ ޓްވިޓާ އާއި ފޭސްބުކް އަދި އިންސްޓަގްރާމް މެދުވެރިކޮށެވެ.

އުރީދޫން މި ރޯދަ މަހު ކުއިޒުގެ ހަތަރު ސުވާލު ކުރާނެއެވެ. ކޮންމެ ހަފުތާއެއްގައި ޖަވާބު ދިމާ ކުރާ މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ މީހަކަށް ސެމްސަންގް ގެލެކްސީ ބަޑްސް ލައިވް އެއް ލިބޭނެއެވެ. އަދި ހަތަރު ކުއިޒުގެ ޖަވާބު ދިމާ ކުރާ މީހުންގެ ތެރެއިން ހޮވޭ މީހަކަށް އައިފޯން 13 ޕްރޯއެއް ލިބޭނެއެވެ.

މި ކުއިޒުގައި ބައިވެރިވާން ރަނގަޅު ޖަވާބު ދިމާ ކުރުނަށްފަހު އޭގެ ސްކްރީންޝޮޓް ކޮމެންޓް ކުރަން ޖެހޭއިރު އިންސްޓަގްރާމް ބޭނުން ކުރާ މީހުން ޖެހޭނީ ވަކި ޕޯސްޓެއް ގޮތުގައި ޖަވާބު ޕޯސްޓު ކުރާށެވެ. މިގޮތަށް ޕޯސްޓް ކުރާއިރު އުރީދޫ ޓެގް ކުރަން ޖެހޭނެއެވެ. އަދި އެކައުންޓް ވާން ޖެހޭނީ ޕަބްލިކް އެކައުންޓަކަށެވެ.

ފޭސްބުކް އާއި ޓްވިޓާގައި ސްކްރީން ޝޮޓް ކޮމެންޓް ކުރާއިރު #OoredooRoadhaQuiz ބޭނުން ކުރަން ޖެހޭނެއެވެ.