އުރީދޫގެ މިއަހަރުގެ މަސް ރޭސް ފަށައިފިއެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހު ބާއްވާ އެ މުބާރާތް ފެށީ މިއަދުއެވެ. އެގޮތުން ހަ ޓީމެއް ވަނީ މިއަދުގެ ރޭހުގައި ބައިވެރިވެފައެވެ.

Ad
rt

މިއަދުގެ ރޭހުގައި ބައިވެރިވީ އާރުޑީސީގެ ޓީމާއި ބޯއި ޓީމާއި ސިފްކޯގެ ޓީމާއި އެގްރޯނެޓްގެ ޓީމާއި ޕޯސްޓް އޮފީހުގެ ޓީމާއި ގޯޅިއަންސް ޓީމެވެެ.

މި ހަ ޓީމުން މިއަދު ވާދަ ކުރާނީ ފައިނަލުގައި އަމިއްލަ ޖާގަ ކަށަވަރު ކުރާށެވެ.

މި އަހަރުގެ މުބާރާތުގައި 23 ޓީމަކުން ބައިވެރިވެއެވެ.

އެ މުބާރާތުން އެއް ވަނައަށް ހޮވޭ ޓީމަކަށް 50،000ރ. ލިބޭނެއެވެ. އަދި އެންމެ ގިނަ މަސް ބާނާ މީހަކަށް 5،000ރ. ލިބޭ އިރު އެންމެ ބަރު މަސް ބާނާ މީހަކަށް 5،000ރ. ގެ އިނާމެއް ލިބޭނެއެވެ. މީގެ އިތުރުންވެސް ސްޕޮންސަރުންގެ ފަރާތުން ގިނަ އިނާމްތަކެއް ވަނީ ހުށަހަޅައިފައެވެ.

އުރީދޫ މަސްރޭހަކީ ކޮންމެ އަހަރެއްގެ ރޯދަ މަހު ބާއްވާ މުބާރާތެކެވެ. އެ މުބާރާތަށް ކޮންމެ އަހަރަކު ވެސް ބޮޑު ތަރުހީބެއް ލިބެއެވެ.

މިއަހަރުގެ މުބާރާތް ބާއްވަނީ ކޯވިޑާ ގުޅިގެން އެ މުބާރާތް ނުބާއްވާތާ ދެ އަހަރު ފަހުންނެވެ.