އެމެރިކާގެ ހޮސްޕިޓަލިޓީ ކުންފުނި "ހަޔާޓް" އިން ރ. ކޮތައިފަރުގައި ހެދި ރިސޯޓް އަންނަ ބުރާސްފަތި ދުވަހު ހުޅުވަން ނިންމައިފިއެވެ.
"އަލީލާ ކޮތައިފަރު މޯލްޑިވްސް"ގެ ނަމުގައި ތަރައްގީ ކުރި އެ ރިސޯޓުން މިހާރު ވަނީ ބުކިން ހެއްދުމުގެ ފުރަސަތު ޓޫރިސްޓުންނަށް ހުޅުވާލައިފައެވެ.
އެއީ މަތީފަންތީގެ ޓޫރިސްޓުންނަށް ހާއްސަ ރިސޯޓެކެވެެ. އެ ރިސޯޓުން މި ވަގުތު ބުކިން އަށް ހުޅުވާލައިފައިވަނީ ބީޗް ވިލާތައް އެކަންޏެވެ. ވޯޓާ ވިލާތައް ހުޅުވަން ނިންމާފައިވަނީ އަންނަ އޮގަސްޓް މަހުގައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގާތްގަނޑަކަށް 45 މިނިޓްގެ ތެރޭގައި ސީޕްލޭނުގައި ދެވޭ އެ ރިސޯޓުގައި 80 ވިލާ ހުރެއެވެ. އޭގެ ތެރޭގައި 36 ވޯޓާ ވިލާ އާއި 44 ބީޗް ވިލާ ހިމެނެއެވެ.
ހަޔާޓް ކުންފުނިން މިހާރު ވެސް ރާއްޖޭގައި ރިސޯޓެއް ހިންގައެވެ. އެއީ ޕާކް ހަޔާޓް މޯލްޑިވްސް ހަޑަހާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!