މިއަހަރު ހައްޖުގެ އަޅުކަމުގައި އެއް މިލިއަން މީހުންނަށް ބައިވެރިވެވޭނެ

Hajj

މި އަހަރު ހައްޖުގެ އަޅުކަމުގައި އެއް މިލިއަން މީހުން ބައިވެރިވެވޭ ގޮތަށް ސައުދީ ސަރުކާރުން ހަމަޖައްސައިފި އެވެ.

ސައުދީ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ އެ ފުރުސަތު ހުޅުވާލާފައިވަނީ 65 އަހަރުން ދަށުގެ މީހުންނަށް ކަމަށެވެ. އެއް މިލިއަން އެއީ ސައުދީންނާއި އެހެން ގައުމުތައް އެއްކޮށްގެން ހައްޖަށް ދެވޭނެ އަދަދެވެ.

ކޯވިޑް-19 އާ ގުޅިގެން ވޭތުވެދިޔަ ދެ އަހަރު ވެސް ހައްޖުގެ އަޅުކަމުގައި ބައިވެރިވާން ސައުދީ ސަރުކާރުން ހުއްދަ ދިނީ މަދު އަދަދަކަށެވެ. މިދިޔަ އަހަރު ހުއްދަ ދިނީ އެންމެ 60،000 މީހުންނަށެވެ.

މިއަހަރު ގައުމުތަކަށް ހައްޖުގެ ކޯޓާ ކަނޑައަޅާނީ ސިއްހީ ގޮތުން ބަލަންޖެހޭ ކަންކަމަށް ބެލުމަށް ފަހުއެވެ. އެއީ ގައުމުތަކުގެ ކޯވިޑުގެ ހާލަތަށް ބެލުމަށްފަހު ކަމަށް ބޭރުގެ މީޑިއާތަކުގައި ރިޕޯޓް ކުރެއެވެ.

ހައްޖަށް ދެވޭނީ ސައުދީ ސަރުކާރުން ގަބޫލުކުރާ ކޯވިޑުގެ ވެކްސިން ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް އެކަންޏެވެ.

ސައުދީން ބޭރު ގައުމުތަކުން ދާ ހައްޖުވެރިން ސައުދީ އަށް ދިއުމުގެ 72 ގަޑިއިރު ކުރިން ހަދާފައިވާ ޕީސީއާރް ނެގަޓިވް ޓެސްޓެއް ހުށަހަޅަން ޖެހޭނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *