އުރީދޫ މޯލްޑިވްސްގެ އެނުއަލް ރޯދަ ވީއްލުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންނާއި ނައިބުރައީސް ބައިވެރިވެވަޑައިގެންފި އެވެ.

އެ ރޯދަ ވީއްލުމުގައި ރައީސްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
rt

އުރީދޫއިން ކޮންމެ ރޯދަ މަހަކު ގިނަ އަދަދެއްގެ ހާއްސަ ހަރަކާތްތައް ބާއްވައެވެ.

މިއަހަރުގެ އުރީދޫން ރޯދަ މަސް ހާއްސަ ކުރީ ކަނޑޫދޫ މިރުހަށެވެ. އެ ކުންފުނިން ވަނީ ކަނޑޫދޫ މިރުސް ބްރޭންޑަކަަށް ވެސް ހަދައިފައެވެ.

މީގެ އިތުރުން ކޮންމެ ރޯދަ މަހަކު ބާއްވާ އުރީދޫ މަސްރޭސް ވެސް މިހާރު ދަނީ ފޯރިގަދަކަމާއެކު ކުރިއަށެވެ. އެ ރޭސް ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

އެހެން އަހަރުތަކާ އެއްގޮތަށް މިއަހަރުވެސް އުރީދޫގެ ކަސްޓަމަރުންނަށް ތަފާތު ގިނަ ރޯދަ އޮފާތަކެއް އުރީދޫ އިން ވަނީ ތައާރަފު ކޮށްފައެވެ.