ފުވައްމުލަކު ސިޓީގެ ބަނދަރަށް ވަންނަ ސަފާރީތަކުން ނަގާ ފީ ބޮޑު ކޮށްފިއެވެ.
އެ ސިޓީގެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ސަފާރީތަކުން ދުވާލަކަށް 500 ޑޮލަރު (7،710ރ.) ނަގަން ނިންމާފައިވާ ކަމަށެވެ.
ސަފާރީތަކުން ނަގާ ފީ ބޮޑުކުރަން ނިންމީ، މި އަހަރުގެ ޖެނުއަރީ 12 ގައި ބޭއްވި އެ ކައުންސިލްގެ އާންމު ޖަލްސާގައެވެ. ނަމަވެސް އެ ނިންމުމަށް އަމަލު ކުރަން ފަށާފައިވަނީ މި މަހުން ފެށިގެންނެވެ.
ފުވައްމުލަކުގެ ބަނދަރަށް ވަންނަ ސަފާރީތަކުން ފީއެއްގެ ގޮތުގައި މިހާތަނަށް ނަގަމުން އައީ ދުވާލަކަށް 50 ޑޮލަރު (771ރ.) އެވެ.
ފުވައްމުލަކަކީ ރާއްޖޭގައި އެންމެ ގިނައިން ސަފާރީތައް ބަނދަރުކުރާ ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެެކެވެ. އެއީ އެ ރަށުގައި އޮންނަ ޓައިގަ ޝާކް ޕޮއިންޓަށްދާ ފަތުރުވެރިން ގެންދާ ސަފާރީތަކެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ސަފާރީތަކުގެ ފީ ބޮޑު ކުރީ އެ ތަނުގެ ބަނދަރުގެ ޖާގަ ކުޑަވުމުގެ ސަބަބުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!