ޅ.އޮޅުވެލިފުށީގެ ފެނާއި ނަރުދަމާ ނިޒާމްގެ މަސައްކަތުގެ ދަށުން ޤާއިމުކުރާ އާރުއޯ ޕްލާންޓްތައް ބަހައްޓާ އިމާރާތުގެ މަސައްކަތް ނިންމާލައިފިއެވެ.
އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގައި މިހާރު ކުރިއަށްދަނީ ފެން ރައްކާކުރުމަށް ބަހައްޓާ ތާނގީތަކުގެ ބުޑުއެޅުމުގެ މަސައްކަތެެވެ.
މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމުގެ މަސައްކަތުގެ ދަށުން އޮޅުވެލިފުށީގައި 9.71 ކިލޯ މީޓަރުގެ ފެންހޮޅީގެ މައި ނެޓްވޯކެއް އަޅާނެއެވެ. އަދި ފެންއުފެއްދުމަށް 2 އާރްއޯ ޕްލާންޓް ބަހައްޓައި ފެން ރައްކާރުރުމަށް 3 ތާނގީ ބަހައްޓާނެއެވެ.
އެ ރަށުގެ ނަރުދަމާ ނިޒާމްގެ މަސައްކަތުގެ ދަށުން 6.56 ކިލޯމީޓަޓުގެ ނަރުދަމާ ވިއުގައެއް ގާއިމްކޮށް 1.60 ކިލޯ މީޓަރުގެ ޕަންޕިން ލައިނެއް އެޅުމާއި އިދާރީ ބިލްޑިންގް އިމާރާތްކުރުމާއި 4 ޕަންޕިން ސްޓޭޝަން ބެހެއްޓުމާއި ސީ އައުޓް ފްލެއް ގާއިމް ކުރާނެއެެވެ.
Lh. Olhuvelifushi Water & Sewerage Project: RO Facility building work has been completed. Tank foundation casting, pump station and water network pipe-laying works are in progress.
#MWSCAsaasee #TeamMWSC pic.twitter.com/rAaruEn8rh— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) April 6, 2022
މިއީ 80 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!