އޯގަސްޓުން ފެށިގެން ބަސް ދަތުރުތަކަށް ކޭޝްކާޑު ބޭނުން ކުރެވޭނެ: އާޒިމް
އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ހިދުމަތް ހޯދަން އޯގަސްޓް މަހުން ފެށިގެން ކޭޝް ކާޑު ބޭނުން ކުރެވޭނެ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. އާޒިމް މިހެން ވިދަޅުވީ ބަހުގެ ދަތުރުތަކުގައި ނަގުދު ފައިސާ ބޭނުންކޮށްގެން ކާޑު ރީޗަރޖް ކުރުމަކީ ދަތިކަމެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ޚިޔާލު ފާޅު ކުރުމުންނެވެ. އެގޮތުން “ޓަޗް އެންޑް ގޯ” ބީއެމްއެލް ކާޑުގެ ހިދުމަތާ އެކު ކިއުއާރް ކޯޑު ވެސް ބޭނުން […]