އުރީދޫ މޯލްޑިވްސް އާއި ވިމެން އިން ޓެކް މޯލްޑިވްސް އަދި ފުލުހުން ގުޅިގެން ހއ. އުލިގަމުގައު “ސައިބަ ރައްކާ” ގެ ނަމުގައި ހާއްސަ ހަރަކާތެއް ބާއްވައިފިއެވެ.
އުލިގަމުގެ ސްކޫލް ކުދިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ މި ހަރަކާތަކީ އިންޓަނެޓް ބޭނުން ކުރުމުގައި ރައްކާތެރިވުމަށް ހޭލުންތެރި ކުރުވުމަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
އުރީދޫ އިން ބުނީ އިންޓަނެޓްގެ ޚިދުމަތް ފަސޭހަކަމާއިއެކު ހޯދުމުގެ މަގުފަހި ކޮށްދިނުމަށް އެ ކުންފުނިން ކުރަމުންދާ ގިނަގުނަ މަސައްކަތާއެކު، އިންޓަނެޓް ރައްކާތެރިކަމާއި ޒިންމާދާރުކަމާއި އެކު ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދިނުމަށް އިންޓަނެޓް ސޭފްޓީ ކެމްޕެއިންގެ މަސައްކަތުގައިވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މި ޕްރޮގްރާމް މެދުވެރިކޮށް ސައިބާ ސޭފްޓީގެ މުހިއްމުކަމާއި ހުށިޔާރުވާން ޖެހޭ ކަންކަމާއި، ސައިބަ ސޭފްޓީ ޓޫލްތައް އަދި އިންޓަނެޓް ބޭނުންކުރުމުގައި ދަމަހައްޓަންޖެހޭ މިންގަނޑުތަކާއި ބެހޭ މައުލޫމާތު ފޯރުކޮށްދޭނެއެވެ.
މި ޕްރޮގްރާމުގެ ދަށުން ދަރިވަރުންނާއި މައިންބަފައިން އަދި ދުވަސްވީ މީހުންނަށް ހާއްސަކޮށްގެން މައުލޫމާތު އިތުރުކޮށްދީ، ތަމްރީންތައް ކުރިއަށްގެންދާނެއެވެ.
މިއީ ޑިޖިޓަލް ދުނިޔޭގެ އެންމެހާ މަންފާތައް ހޯދުމުގައި، ދިވެހި އާއިލާތަކަށް އަމާން، ރައްކާތެރި، އަދި އުފާވެރި މާހައުލެއް ގާއިމްކޮށްދިނުމަށް ހިންގާ ޕްރޮގްރާމެއް ކަމަށް އުރީދޫން ބުންޏެވެ.
Highlights from #CyberRakka sessions held in partnership with @womenintechmv & @PoliceMv for students of HA. Uligam. As internet is used daily, it is essential to spread awareness on best practices to protect themselves from cyber threats. pic.twitter.com/WUm4bdhOcN
— Ooredoo Maldives (@OoredooMaldives) June 16, 2022
މި ޕްރޮގްރާމް އުލިގަމުގެ އިތުރުން ތުރާކުނާއި ހޯރަފުށީގައިވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. އުރީދޫ އާއި ވިމެން އިން ޓެކް މޯލްޑިވްސް އާއި ފުލުހުން ގުޅިގެން އަންނަނީ ރާއްޖޭގެ ކަންކޮޅުތަކުގައި މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!