100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާ އެކު، އުރީދޫ މޯލްޑިވްސްގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ގދ. ފިޔޯރީއަށް ތައާރަފް ކޮށްފިއެވެ.
މިއަދު ތައާރަފު ކުރި މި ހިދުމަތާއެކު އެ ރަށުގެ ރައްޔިތުން ޑިޖިޓަލް ޒަރިއްޔާތަައް މެދުވެރިކޮށް އިތުރު ފުރުސަތުތަކާ ގުޅުވާލަދީފައިވާ ކަމަށް އުރީދޫ އިން ބުންޏެވެ.
އުރީދޫއިން ބުނީ އެ ކުންފުނީގެ ތަސައްވުރަކީ މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް އެ ކުންފުނީގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. އެކަމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށާއި ފިޔޯރީއަށް ތައާރަފު ކުރި ހިދުމަތަކީ އޭގެ ދަށުން ދޭން ފެށި ހިދުމަތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށް ދިނުމަށް އުރީދޫން ވަނީ ދާދި ފަހުން ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑް ކޮށްފައެވެ. މި ބަދަލާއެކު ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 100 އިންސައްތައާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށް ވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ލިބެއެވެ.
މީގެ އިތުރުން ސުޕަނެޓް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ވެސް ޑޭޓާ ރޯލް އޯވާގެ ހިދުމަތާއެކު މަސް ނިމޭ އިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖަށް އިތުރުވާ ގޮތް ވަނީ ހަދައިފައެވެ.
ސުޕަނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު، http://ore.do/getsupernet އަށް ޒިޔާރަތްކޮށްގެން ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!