Skip to main content

އަޙްމަދު ވަހީދު

Contributor
🇲🇻 ތިލަދުން Desk
4,048 Stories
2,664 Reads

Published on ތިލަދުން (Thiladhun) by އަޙްމަދު ވަހީދު

ދުވާފަރު މަގުހެދުމުގެ މަސައްކަތުގެ 93 އިންސައްތަ ނިމިއްޖެ
Business

ދުވާފަރު މަގުހެދުމުގެ މަސައްކަތުގެ 93 އިންސައްތަ ނިމިއްޖެ

ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުވައި މި މަޝްރޫއުގެ ދަށުން މިހާރު 93 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި ތާރު އެޅުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 17،790 އަކަ މީޓަރުގެ ދިގު މިނުގެ 9 މަގެއް ހަދާނެއެވެ. މީގެ އިތުރުން 6923 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް […]

އިހަވަންދޫ ބަނދަރު ނިމުމަކާ ގާތަށް
Business

އިހަވަންދޫ ބަނދަރު ނިމުމަކާ ގާތަށް

ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމަކާ ގާތް ވެއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ 92 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ލައިޓް ޕޯސްޓް ހަރުކުރުމުގެ މަސައްކަތާއި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވަނީ ފަށައިފައެވެ. މި މަޝްރޫއުގެ ދަށުން، 30،509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ އެއްގަމުތޮށި ލުމާއި، 284 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް […]

ނޭޝަނަލް ހެލްތު ލެބޯޓްރީ އަޅަން އީއައިބީން 299 މިލިއަން ރުފިޔާގެ ލޯނެއް
Business

ނޭޝަނަލް ހެލްތު ލެބޯޓްރީ އަޅަން އީއައިބީން 299 މިލިއަން ރުފިޔާގެ ލޯނެއް

ނެޝަނަލް ހެލްތު ލެބޯޓްރީ އަޅަން ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކް (އީއައިބީ) އިން 18.4 މިލިއަން ޔޫރޯ (299 މިލިއަން ރުފިޔާ)ގެ ލޯނެއް ސަރުކާރުން ނަގައިފިއެވެ. ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި މި ލޯނު ނެގީ ލެބޯޓްރީ އާއި އަތޮޅު ތެރޭގައި އައިސޮލޭޝަން ފެސިލިޓީތައް ހެދުމަށެވެ. މިއީ ކޮންސެޝަނަލް ލޯނެއް ކަމަށާއި ދައްކަން ދިގު މުއްދަތެއް ލިބޭ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ. ލޯނު ނެގިކަން ހާމަ ކުރި ނަމަވެސް ލޯނުގެ އިންޓްރެސްޓް ރޭޓާއި އަނބުރާ ދައްކަން ޖެހޭ […]

އިންކަމް ސަޕޯޓް ޕްރޮޖެކްޓުގެ އެޕްރެންޓިޝިޕް ފުރުސަތު ފޯރުކޮށްދޭން އާރުޑީސީއާއެކު އެއްބަސްވެއްޖެ
Business

އިންކަމް ސަޕޯޓް ޕްރޮޖެކްޓުގެ އެޕްރެންޓިޝިޕް ފުރުސަތު ފޯރުކޮށްދޭން އާރުޑީސީއާއެކު އެއްބަސްވެއްޖެ

ކޮވިޑް-19ގެ އިމަޖެންސީ އިންކަމް ސަޕޯޓް ޕްރޮޖެކްޓުގެ ދަށުން ހިންގަމުންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ އިތުރު ފުރުސަތުތަކެއް ހުޅުވުމަށް އިކޮނޮމިކް މިނިސްޓްރީން ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާއެެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ނީޒާ އިމާދެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކުއެވެ. މި ޕްރޮގްރާމުގެ ދަށުން 14 ދާއިރާއަކ...

މާފުށީގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތާ ސްޓެލްކޯއިން ހަވާލުވެއްޖެ
Business

މާފުށީގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތާ ސްޓެލްކޯއިން ހަވާލުވެއްޖެ

ކ. މާފުށީގެ ކުނި މެނޭޖުކުރުމުގެ މަސައްކަތާ ސްޓެލްކޯއިމް ހަވާލުވެއްޖެއެވެ. މިއާއެކު، ރާއްޖޭގައި ޔުޓިލިޓީގެ ހުރިހާ ހިދުމަތެއް ދޭ ހަމައެކަނި ކުންފުންޏަކަށް ސްޓެލްކޯ ވަނީ ވެފައެވެ. މި ހިދުމަތް ފެށުމަށް މާފުށީ ކައުންސިލާއި ސްޓެލްކޯއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން މާފުށީގެ ކުނި މެނޭޖްކުރުމަށް ހާއްސަ ފެސިލިޓީއެއް އަޅައި އެ ރަށުން ތިލަފުއްޓަށް ކުނި ގެންދިއުމުގެ މަސައްކަތް ސްޓެލްކޯ އިން ކުރާނެއެވެ. މި އެއްބަސްވުމުގެ ސަބަބުން މާފުށީގައި ދެމެހެއްޓެނިވި ގޮތެއްގައި...

ހުކުރު މިސްކިތުގެ މުންނާރާއި ފެންވަޅުތައް ސާފުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި
Business

ހުކުރު މިސްކިތުގެ މުންނާރާއި ފެންވަޅުތައް ސާފުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި

ހުކުރު މިސްކިތުގެ މުންނާރާއި ފެންވަޅުތައް ސާފުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ. އިއްޔެ ފެށި މި މަސައްކަތަކީ ނޭޝަނަލް ސެންޓަރ ފޯ ކަލްޗުރަލް ހެރިޓެޖް އާއި ހެރިޓެޖް މިނިސްޓްރީ އާއި ސްޓެލްކޯއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ކުރަމުން އަންނަ މަސައްކަތެކެވެ. މިއީ ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރަމުން އަންނަ މަސައްކަތެކެވެ. މިކުންފުނިން ވަނީ ތިން ފަހަރެއްގެ މަތިން މުންނާރާއި، ފެންވަޅުތަކުގެ އާބާތުރަ ފިލުވާފައި. އަޅުގަނޑުމެންނާއި ހަވާލުކުރެވިފައިވާ މި މަސައްކަތްތައް ކުރިޔަށ...

އުރީދޫ ނޭޝަން- ގޭމާސް ލޭންޑް ރާއްޖެއަށް
Business

އުރީދޫ ނޭޝަން- ގޭމާސް ލޭންޑް ރާއްޖެއަށް

އުރީދޫ މޯލްޑިވްސްއިން ބައިނަލްއަގުވާމީ ގޭމިން ޕްލެޓްފޯމް، “އުރީދޫ ނޭޝަން-ގޭމާސް ލޭންޑް” ރާއްޖެއަށް ތައާރަފްކޮށްފިއެވެ. ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ޕްލެޓްފޯމް ރާއްޖެއަށް ތައާރަފްކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމެވެ. މިއީ ރާއްޖޭގައި ގޭމިން ކޮމިއުނިޓީ އެއް ބިނާކޮށް، ހަލުވިދުވެއްޔެއްގައި ކުރިއަރަމުން އަންނަ މި އިންޑަސްޓްރީގެ ނިމުމެއް ނެތް ފުރުސަތުތަކާ ގުޅުވާލަދިނުމުގެ މަގްސަދުގައި އުރީދޫ އިން ތައާރަފު ކުރި ޕްލެޓްފޯމެކެވެ. އުރީދޫގެ ވަރުގަދަ 4ޖީ އަދި 5ޖީ ނެޓްވޯކާއި ރައްޖެއާއި ރާއްޖެއިނ...

‏މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ
Business

‏މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެ

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިއްޖެއެވެ. ސްޓެލްކޯއިން ބުނީ ކަރަންޓް ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ. ވީއެންމެ އަވަހަކަށް އަލުން ކަރަންޓު ދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެ ކުންފުނިން ބުނީ މާާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ ސެންޓްރަލް ހޮޓަލުގައި ބަހައްޓާފައިވާ ޓްރާާންސްފޯމަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ. މިވަގުތު މާލެއަށް ކަރަންޓު ދެމުންދާ ފީޑަރުތަކުގެ ތެރެއިން ހަތަރު ފީޑަރެއް ނިވިފައިވާއިރު، މާލޭގެ ކަރަންޓު ނެޓްވޯކް...

ވެމްކޯއިން ކުނި މެނޭޖް ކުރުމާ ގުޅޭ ތަމްރީނުތަކެއް، ފުރަތަމަ ރައީސް އޮފީހުގެ މުވައްޒަފުންނަށް
Business

ވެމްކޯއިން ކުނި މެނޭޖް ކުރުމާ ގުޅޭ ތަމްރީނުތަކެއް، ފުރަތަމަ ރައީސް އޮފީހުގެ މުވައްޒަފުންނަށް

ކުނި މެނޭޖުކުރުމާ ގުޅޭ ތަމްރީނުތަކެއް ވޭސްޓް މެނޭޖްމަންޓް ކޯޕރޭޝަން (ވެމްކޯ) އިން ފަށައިފިއެވެ. އެ ކުންފުނިން މި ޕްރޮގްރާމް ފަށާފައިވަނީ އިއްޔެއެވެ. މިއީ ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އަމާޒުކޮށްގެން ހިންގާ ތަމްރީން ޕްރޮގްރާމެކެެވެ. މި ތަމްރީން ޕްރޮގްރާމުގެ ފުރަތަމަ ސެޝަން ބޭއްވީ ރައީސް އޮފީހުގެ މުވައްޒަފުންނަށެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ތަމްރީނުތަކުގައި ވެމްކޯގެ ޓީމުން ވަނީ ގެއިންނާއި ރެސްޓޯރެންޓް ފަދަ ތަންތަނުން އާންމުކޮށް އުކާލާ ކުނި ވަކިކުރާ...

ހިންނަވަރު އެއްގަމުތޮށީގެ ކޮންކްރީޓްގެ މަސައްކަތް ނިންމާލައިފި
Business

ހިންނަވަރު އެއްގަމުތޮށީގެ ކޮންކްރީޓްގެ މަސައްކަތް ނިންމާލައިފި

ޅ. ހިންނަވަރު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ނިމިފައިވާ ކަމަށެެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ހާބަ ޕޭވްމަންޓްގެ ކާސްޓިން މަސައްކަތްތައް ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 3.2 ހެކްޓަރުގެ ބިން ހިއްކުމާއި، 65,170.76 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމ...

އެމްޓީސީސީ ބަސް ޑްރައިވަރުންގެ ތަމްރީން ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފި
Business

އެމްޓީސީސީ ބަސް ޑްރައިވަރުންގެ ތަމްރީން ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ “ހުނަވަރު ބަސް ޑްރައިވަރު ތަމްރީން ޕްރޮގްރާމް” އަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. އެމްޓީސީސީން މި ޕްރޮގްރާމް އިފްތިތާހް ކޮށްފައިވަނީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން މިދިޔަ މާޗް މަހުގެ އަށްވަނަ ދުވަހުއެވެ. އެމްޓީސީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ މި ޕްރޮގްރާމުގެ ދަށުން ބަސް ޑްރައިވަރުން ތިން މަސް ދުވަހުގެ ތެރޭގައި ތަމްރީނުކުރެވޭނެ ކަމަށެވެ. މި މުއްދަތުގައި 5،000 ރުފިޔާގެ އެލަވެންސެއް ވެސް ދޭނެ ކަމަށް އ...

ނޭމާ، ދިވެހިން ކައިރީ އަހަނީ ތައްޔާރުތޯ!
Business

ނޭމާ، ދިވެހިން ކައިރީ އަހަނީ ތައްޔާރުތޯ!

އުރީދޫގެ ސަޕްރައިޒަކަށް ދިވެހިން ތައްޔާރުތޯ، ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ނޭމާ އަހައިފިއެވެ. ނޭމާ މިހެން އަހާފައިވަނީ، މިއަދު އުރީދޫން އާއްމު ކުރި ކުރު ވީޑިއޯ ކްލިޕެއްގައެވެ. އޭނާ ތައްޔާރުހޭ އަހައިފައިވަނީ ދިވެހި ބަހުންނެވެ. އެ ވިޑީއޯ އުރީދޫގެ މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ، ހާލިދް އަލް ހަމަދީއާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒްވެސް ވަނީ ޓުވީޓާގައި ހިއްސާކުރައްވާފައެވެ.   އަށް ސުކުންތުގެ އެ ވީޑިއޯ ކްލިޕްގައި ނޭމާ ބުނަނީ “ގޭމް އޮން، […]

ކާޑެއްދޫ ބަނދަރުގެ 53 އިންސައްތަ ނިންމާލައިފި
Business

ކާޑެއްދޫ ބަނދަރުގެ 53 އިންސައްތަ ނިންމާލައިފި

ގދ. ކާޑެއްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސަައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ 53 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ އެންމެ ފަހު ޝިޕްމަންޓާއި ބަނދަރު ބައްތީގެ ޕޯސްޓްތައް ވަނީ ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫޢުގެ ދަށުން، […]

ހިންމަފުށީގެ ބަނދަރުގެ މަސައްކަތުގެ ބޮޑު ބައި ނިމިއްޖެ
Business

ހިންމަފުށީގެ ބަނދަރުގެ މަސައްކަތުގެ ބޮޑު ބައި ނިމިއްޖެ

ކ. ހިންމަފުށި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައި ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ 68 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުގަލުގެ ދެވަނަ ޝިޕްމަންޓް ވަނީ ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން، 14،300 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަ ބޭސިން ފުންކުރުމާއި، 38 މީޓަރުގެ ބޭރުތޮށި ލުމާއި، […]

އެސްޓީއޯގެ ''ހަމަ ހިޓާޗީ'' ޕްރޮމޯޝަން ފަށައިފި
Business

އެސްޓީއޯގެ ''ހަމަ ހިޓާޗީ'' ޕްރޮމޯޝަން ފަށައިފި

މުޅި ރާއްޖެއަށް މަގުބޫލު ބްރޭންޑެއް ކަމުގައިވާ ހިޓާޗީއަށް ހާއްސަކޮށްގެން އެސްޓީއޯއިން ”ހަމަ ހިޓާޗީ” ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފިއެވެ. މި ޕްރޮމޯޝަން ފަށާއިފައިވަނީ މިއަދު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ކުޑަ ހަފުލާއެއްގައެވެ. އެ ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުއެވެ. މި ޕްރޮމޯޝަންގެ ތެރެއިން ހިޓާޗީ ބްރޭންޑްގެ އައިސްއަލަމާރި، ދޮންނަ މެޝިނާއި، އެއާޕިޔުރިފަޔާ އާއި ޓީވީ އާއި ޕަންޕާއި ވެކްޔުމް ކުލީނާ، އާއި ރައިސްކުކަރާއި، އަވަނާއި އެއާކޯން...