ދިވެހި ފުލުހުންގެ ޚިދުމަތުގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާ އިން މުޅި ރާއްޖެއަށް އަމާޒުކޮށް ކުރިއަށް ގެންދާ އެކި ޕްރޮގްރާމްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މްޑަބްލިއުއެސްސީއާ ދިވެހި ފުލުހުންގެ ހިދުމަތާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

މިއަދު މެންދުރުފަހު އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދުއެވެ. އެމްޑަބްލިއުއެސްސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޙަސަން ޝާހުއެވެ.

Ad
rt

މި އެއްބަސްވުމުގެ ދަށުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުން ހިންގާ އެކި ޕްރޮގްރާމްތަކަށް އެމްޑަބްލިއުއެސްސީން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އެގޮތުން ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ އެކި ޕްރޮގްރާމްތަކާއި ރައްޔިތުން ހޭލުންތެރިކުރުމަށް ހިންގާ އެކި ޕްރޮގްރާމްތަކާއި މިނޫންވެސް ކުށްމަދު ކުރުމާގުޅޭގޮތުން ހިންގާ އެކި ޕްރޮގްރާމްތަކަށް އެއް އަހަރު ދުވަހުގެ މުއްދަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ނަޞީރު އާއި އެމްޑަބްލިއުއެސްސީގެ އިސްވެރިންނާއި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެެއާޒްގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.