ހުޅުމާލޭ ހޮސްޕިޓަލްގައި އުފަންވާ ކުދިންނަށް އެސްޓީއޯއިން "ގިފްޓް ޕެކް" ދޭން ފަށައިފިއެވެ.

އެސްޓީއޯއިން ދޭ ގިފްޓް ޕެކްގައި ހިމެނޭނީ އެސްޓީއޯއިން ރާއްޖެ އެތެރެ ކުރާ ޕިއުރިޓީ ބްރޭންޑުގެ ރީތިވާ ސާމާނެވެ. މީގެ އިތުރުން އެކުންފުނިން ތުއްތު ކުދިންގެ ސިއްހަތައް ހާއްސަ ކޮށްގެން ނެރުނު ފޮތް ވެސް މި ހަދިޔާގެ ތެރޭގައި މިހާރު ވަނީ ހިމަނައިފައެވެ.

Ad
rt

މިއީ ސަރުކާރުން ފެށި "ފަހުރުވެރި އާއިލާ" ކެމްޕެއިންގެ ދަށުން ދޭ ހަދިޔާތަކެކެވެ. އެގޮތުން މި ކެމްޕެއިނޔގެ ދަށުން މިހާތަނަށް ގިނަ ހޮސްޕިޓަލްތަކުގައި އުފަންވާ ކުދިންނަށް މި ޕެކޭޖު އަންނަނީ ދެމުންނެވެ.

މި ހަދިޔާ ޕެކް ދޭ ހޮސްޕިޓަލުގެ ތެރޭގައި އައިޖީއެމްއެޗް އާއި ޓްރީ ޓޮޕް ހޮސްޕިޓަލާއި ފުވައްމުލަކު ހޮސްޕިޓަލާއި އިތުރު ބައެއް ރަށްރަށުގެ ހޮސްޕިޓަލްތައް ހިމެނެއެވެ.

އެސްޓީއޯގެ އަމާޒަކީ މި ޕެކޭޖް ރާއްޖޭގައި އުފަންވާ ހުރިހާ ކުދިންނަށް ދިނުމެވެ.