އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ބައްޕައިންގެ ދުވަހަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
މިއަދު ފެށި މި ޕްރޮމޯޝަނުގައި އެ ކުންފުނިން ވިއްކާ ރެމިންގްޓަން އަދި ފިލިޕްސްގެ ގްރޫމިން ޕްރޮޑްކްޓުތަކުން 10 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެއެވެ.
މި ދެ ބްރޭންޑުގެ އުފެއްދުންތަކުގެ ތެރޭގައި ޝޭވާ އާއި ޓްރިމާ ފަދަ ފިރިހެނުންގެ ގްރޫމިންއަށް މުހިންމު އުފެއްދުންތައް ހިމެނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދު އެކަންޏެވެ.
ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ ދުވަސްތަކާއި ޤައުމީ ގޮތުން ފާހަގަ ކުރާ ދުވަސްތަކަށް ހާއްސަކޮށްގެން ޕްރޮމޯޝަންތަކާއި ތަފާތު ހަރަކާތްތައް އެސްޓީއޯއިން ބާއްވައެވެ.
އެ ކުންފުނީގެ ޕީޕަލްސް ޗޮއިސްގައި މިއަހަރުގެ ކުޑަކުދިންގެ ދުވަސް ވެސް ވަނީ ވަރަށް ކުލަ ގަދަކޮށް ފާހަގަ ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!