ލަންކާގެ ހާލަތާއެކު އެމްއޭސީއެލުގެ ތެލަށް ބާރުބޮޑުވެއްޖެ
ލަންކާއަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާއާއެކު އެ ގައުމުން ތެޔޮ ލިބުން ދަތިވެ، ރާއްޖެއަށް އޭގެ ބާރު ބޮޑުވެފައިވާ ކަމަށް އެމްއޭސީއެލުން ބުނެފިއެވެ. އެމްއޭސީއެލް އާއި އެސްޓީއޯ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާ ވިދާޅުވީ، ޑިމާންޑް އުފެދުނީ ލަންކާގެ އެއާޕޯޓްތަކުން ފްލައިޓްތަކަށް ތެޔޮ ވިއްކުން ހުއްޓާލުމާ ގުޅިގެން ކަމަށެވެ. އެގޮތުން، ކުރިން ދުވާލަކު 10،000 ލީޓަރު ވިއްކި މަތިންދާބޯޓުފަހަރަށް މިހާރު 40،000 ލީޓަރު ވިއްކަން ޖެހ...