ށ. މިލަންދޫގައި 50 ހައުސިން ޔުނިޓް އަޅަން ހަވާލު ކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލު ކުރީ 45.9 މިލިއަން ރުފިޔާއަށެވެ.

Ad
rt

މިއެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. އަދި ފްލެކްސިންކުގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު ނަޖާހު ޝަރީފެވެ.

މި އެއްބަސްވުމުގެ ދަށުން މިލަންދޫގައި އަޅަނީ 1000 އަކަފޫޓުގެ 50 ހައުސިން ޔުނިޓެވެ. ކޮންމެ ޔުނިޓެއްގައި 3 ކޮޓަރިއާއި 3 ފާޚާނާ އަދި ސިޓިންރޫމަކާއި ބަދިގެ އާއި ކާގެއާއި ލޯންޑްރީ އާއި ސްޓޯރޫމް ހުންނާނެއެވެ.

މީގެ އިތުރުން އެ ސަރަހައްދަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކައިރި ވަށައިގެން އަލި ކުރަން ނިންމާފައިވާއިރު ޕާކަކާއި ޕާކިން ޒޯނެއްވެސް ހަދާނެއެވެ.

މި މަސައްކަތް ފެލްކްސިންކް ކުންފުންޏާ ހަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މިއީ ސަރުކާރުގެ 2022 ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުގެ ދަށުން ޚަރަދު ކުރާ މަޝްރޫއެކެވެ.