ގްރޭޓާ މާލެ ސަރަހައްދުގައި ދުއްވާ ޓެކްސީތަކުން ދަތުރުތަކަށް ނަގާ އަގުތައް ޓްރާންސްޕޯޓް މިނިސްޓްރީން ބޮޑުކޮށްފިއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ޓެކްސީ އަގުތައް ބޮޑުކުރީ ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާތީކަމަށެވެ.
މިއަދުން ފެށިގެން އާ އަގުތަކާ އެއްގޮތަށް ޓެކްސީތަކަށް ފައިސާ ނެގޭނެ ކަމަށް ވެސް ވަނީ އެ އިއުލާނުގައި ބުނެފައެވެ.
އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި މިއަދުން ފެށިގެން މާލެ އާއި ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގެ އެތެރޭގެ ދަތުރުތަކަށް ނަގާނީ 30 ރުފިޔާއެވެ. ކުރިން މި ދަތުރުތަކަށް ނަގަމުން އައީ 25 ރުފިޔާއެވެ.
މި ބަދަލާއެކު މާލެއާއި ހުޅުމާލެ 1 އާ ދެމެދު ނަގާނީ 85 ރުފިޔާއެވެ. އަދި މާލެ އާއި ހުޅުމާލެ 2 އާ ދެމެދު ދަތުރަކަށް ނަގާނީ 100 ރުފިޔާއެވެ.
މާލެއިން ހުޅުލެއަށް ނަގަމުން އައި އަގު 70 ރުފިޔާއަށް ބޮޑުކޮށްފައިވާއިރު ހުޅުމާލެ ފޭސް 1 އާއި ހުޅުލެއާ ދެމެދު ދަތުރަކަށް ނަގާ އަގު 80 ރުފިޔާއަށް އަދި ހުޅުމާލެ 2 އިން ހުޅުލެއާ ދެމެދު ނަގާ އަގު ވަނީ 85 ރުފިޔާއަށް ބޮޑުކޮށްފައެވެ.
މީގެ އިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވައްސާ ދެވަނަ ފިޔަވައްސާ ދެމެދު މިއަދުން ފެށިގެން ޓެކްސީގައި ދަތުރު ކުރެވޭނީ 40 ރުފިޔާއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!