އެކްސިޑެންޓާ ގުޅިގެން ވެސްޓް ޕާކު ރޫޓުގެ ބަސްތައް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ވެސްޓް ޕާކުގެ ހުރިހާ ބަސްތަކެއް ވަނީ ކާނިވަލް ރޫޓަށް ބަދަލު ކޮށްފައި ކަމަށެވެ.

Ad
rt

މި ހިދުމަތް މެދުކަނޑާލީ މިރޭގެ ވަގުތެއްގައި އެމްޓީސީސީގެ ބަހަކާއި ކާރެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމުގެ ސަބަބުންނެވެ. މި އެކްސިޑެންޓުގައި 6 މީހަކަށް އަނިޔާވިއިރު އަންހެނަކު ވަނީ ނިޔާވެފައެވެ.

މި އެކްސިޑެންޓުގައި ކާރު ފުނޑުފުނޑުވެފައިވާއިރު ބަހުގެ ކުރީކޮޅުވެސް ވަނީ ހަލާކުވެފައެވެ.