6.5 މިލިއަން ރުފިޔާ ނުދައްކާ އޮތުމުން އެފްއޭއެމް ހައުސް އިން ކަރަންޓު ކަނޑާލައިފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބިލު ނުދައްކާތީ، އެ ޖަމިއްޔާ ހިންގާ މައި މަރުކަޒު، އެފްއޭއެމް ހައުސްއިން ކަރަންޓު ކަނޑާލައިފިއެވެ. ސްޓެލްކޯއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެފްއޭއެމުން އެ ކުންފުންޏަށް ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާ އެބަހުރި ކަމަށެވެ. އަދި އެ ފައިސާ ދެެއްކުމަށް އެކި ފަހަރުމަތިން އަންގާފައިވާ ކަަމަށާއި ނަމަވެސް ފައިސާ ދައްކާފައި ނުވާ ކަމަށް ވަނީ ބުނެފައެވެ. މީގެ އިތުރުން، އެ ފައިސާ ދެއްކޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށް ގިނަ […]