މުރައިދޫ ބަނދަރުގެ ބޮޑު ބައެއް ނިންމާލައިފި
ހއ. މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތުގެ 60 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އެގޮތުން ހާބަ ޕޭވްމެންޓް މަސައްކަތް އެއްކޮށް ވަނީ ނިންމާލައިފައެވެ. މި މަޝްރޫއުގެ ދަށުން އާ ހާބަ ޕޭވްމެންޓް މަސައްކަތުގެ 95 އިންސައްތަ މަސައްކަތް ވަނީ ފުރިހަމަކުރެވިފައެވެ. މި މަޝްރޫއުގެ ދަށުން، 212 މީޓަރުގެ އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ބޭރުތޮށި […]