ކ. ތުލުސްދޫގައި ހުންނަ ޑްރީމް އިން ގެސްޓްހައުސް އަށް އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭ އިންތިޒާމް ހަމަޖައްސައިފިއެވެ.

ޑްރީން އިން އަކީ ތުލުސްދޫގައި ގިނަ ފަތުރުވެރިންގެ މެދުގައި މަގުބޫލު ގެސްޓްހައުސްއެކެވެ. މި ގެސްޓަހައުސްގައި ލޯކަލް ގެސްޓުންނަށް ވެސް ކޮލިޓީ ހިދުމަތް ފޯރުކޮށްދެއެވެ.

Ad
rt

ޗުއްޓީ ހޭދަ ކޮށްލުމަށް ތުލުސްދޫއަށް ޒިއާރަތް ކުރާ މީހުންނަށް މިހާރު ޑްރީމް އިންގައި ބުކިން ހައްދަން އުރީދޫގެ އެމްފައިސާ ބޭނުން ކުރެވޭނެއެވެ. މީގެ ސަބަބުން ފައިސާ ދެއްކުން ކުރިއަށްވުރެ ފަސޭހަވެގެންދާނެއެވެ.

މީގެ އިތުރުން އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުން އެމްފައިސާ މެދުވެރިކޮށް އެ ގެސްޓްހައުސް އަށް ފައިސާ ދެއްކުމުން އެ ދައްކާ ފައިސާގެ 5 އިންސައްތަ އަނބުރާ ވޮލެޓަށް ޖަމާވެސް ވާނެއެވެ. ނަމަވެސް އެއީ މިމަހުގެ ނިޔަލަށެވެ.

ޑްރީމް އިން ގެސްޓް ހައުސް އިން އެކްސްކާޝަންތަކާއި ތަފާތު އެކްޓިވީޓީތައް ވެސް ތަޖުރިބާ ކުރެވޭނެއެވެ.