އެޗްޑީސީ އާއި ޔޫތު މިނިސްޓްރީ ގުޅިގެން “ޒުވާނުންގެ ދިސާ” ގެ ނަމުގައި ހާއްސަ ކޭމްޕެއް ހުޅުމާލޭގައި ބާއްވަން ތައްޔާރުވެއްޖެއެވެ.

އެޗްޑީސީން ބުނިގޮތުގައި މިއީ ދިރިއުޅުމުގެ ރިވެތި އާދަތަކާއި ލައިފް ސްކިލްގެ އެކި މައުލޫމާތުތަކާއި ހަރަކާތްތައް ކުރިއަށްދާ ގޮތަށް ބާއްބާ ކޭމްޕެއް ކަމަށެވެ.

Ad
rt

މި ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. https://forms.office.com/r/bWSSsBkBSH މެދުވެރިކޮށް ކޭމްޕުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅޭނެއެވެ.

މި ކޭމްޕް ކުރިއަށްދާނީ އަންނަ ނޮވެމްބަރު 16 އިން 20 އަށް ހުޅުމާލޭ ފަރުކޮޅުފުށި ކޮންފަރެންސް ހޯލުގައެވެ. މި ޕްރޮގްރާމުގައި ޖުމްލަ 30 ބައިވެރިންނަށް ފުރުސަތު ދިނުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ. ކުރިން ފޯމު ހުށަހަޅާ ފަރާތްތަކަށް ކުރިން ފުރުސަތު ލިބޭނެއެވެ.

މި ޕްރޮގްރާމް ހާއްސަ ކޮށްފައި ވަނީ އުމުރުން 16 އަހަރާއި 20 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

މި ހަރަކާތަކީ 2019 އިން ފެށިގެން ޔޫތު މިނިސްޓްރީ އާއި ގުޅިގެން އެޗްޑީސީގެ ފަރާތުން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ކޭމްޕްގެ އަމާޒަކީ ޒުވާނުން ބިނާ ކުރުމުގައި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުން ކަމަށް އެޗްޑީސީން ބުންޏެވެ.