"ޑިވެލޮޕިން އެންޑް ރިފައިނިން ޔޯ ލީޑާޝިޕް އެޕްރޯޗ “ ގެ ނަމުގައި އެވިޑް ކޮލެޖުން ލީޑާޝީޕާއި ގުޅޭ ހާއްސަ ޕެނަލް ޑިސްކަޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މިއަދު ކުރިއަށްގެންދިޔަ މި ޕެނަލް ޑިސްކަޝަންގައި ބައެއް ސްކޫލްތަކުގެ އިސްވެރިންނާއި އެވިޑް ކޮލެޖްގެ ސީނިއާ މެނޭޖްމެންޓްގެ ބޭފުޅުން ބައިވެރިވެލެއްވެވިއެވެ. މި ސެޝަން އިފްތިތާހްކޮށްދެއްވީ އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގުއެވެ.

Ad
rt

އޭނާ ވަނީ މި ރަސްމިއްޔާތު ފައްޓަވައިދެއްވައި ޕެނަލް ޑިސްކަޝަންގެ ބައިވެރިންނަށް މަރްހަބާ ވިދާޅުވެފައެވެ.

މި ޕެނަލް ޑިސްކަޝަންގައި ޕެނަލް މެމްބަރުންގެ ގޮތުގައި ތިއްބެވީ އިނގިރޭސި ވިލާތުގެ ޔުނިވާސިޓީއެއް ކަމުގައިވާ ޔުނިވާސިޓީ އޮފް ވެސްޓް ލަންޑަންގެ ވައިސް ޗާންސެލަރު ޕްރޮފެސަ ޕީޓަ ޖޯން ސީބީއީ އާއި އެ ޔުނިވާސިޓީގެ ޕްރޯ ވައިސް ޗާންސެލަ ބިޒްނަސް ޑިވެލޮޕްމެންޓް ޑރ. ސުރެޝް ގަމްލަތް އާއި އެވިޑް ކޮލެޖްގެ ރެކްޓާ ޑރ. ސުނީނާ ރަޝީދާއި އެވިޑް ކޮލެޖްގެ ވައިސް ރެކްޓާ އަހްމަދު ފަޔާޒް ހަސަން އާއި އެވިޑް ކޮލެޖްގެ ޑީންސް ކަމުގައިވާ ޑރ. ޢައިޝަތު ރަމީލާ އާއި، ޑރ. ޒަކިއްޔާ މޫސާ އަދި މަރިޔަމް ވަސީމާއެވެ.

މި ޑިސްކަޝަންގައި ޔުނިވާސިޓީ އޮފް ވެސްޓް ލަންޑަންގެ ވައިސްޗާންސެލަރު, ޕްރޮފެސަ ޕީޓަ ތަޤްރީރު ކުރެއްވިއެވެ.

އޭނާގެ ތަޤްރީރު މައިގަނޑު ގޮތެއްގައި އަމާޒުކުރެއްވީ މެނޭޖްމެންޓެއްގައި އޮންނަ ލީޑާޝިޕް ވަރުގަދަކުރުމަށާއި އަދި އިތުރަށް ތަރައްގީ ކުރުމުގެ މައްޗަށެވެ. އެގޮތުން, ލީޑަރުންނަށް ދިމާވެދާނެ ގޮންޖެހުންތަކާއި ، މޮޅު ލީޑަރުންނަކީ ކޮބައިކަމާ ، ބައެއް ލީޑަރުންގެ ކިބައިގާ ހުންނަ ދޯހަޅި ސިފަތަކާއި ލީޑަރުންގެ ވައްތަރުތަކުގެ މައްޗަށް އޭނާ ވާހަކަދެއްކެވިއެވެ.

މީގެ އިތުރުން ބައިވެރިން ހުށަހެޅުއްވި ސުވާލުތަކަށް ޕްރޮފެސަ ޕީޓަ ޖަވާބު ވެސް ދެއްވިއެވެ.