ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބިލު ނުދައްކާތީ، އެ ޖަމިއްޔާ ހިންގާ މައި މަރުކަޒު، އެފްއޭއެމް ހައުސްއިން ކަރަންޓު ކަނޑާލައިފިއެވެ.
ސްޓެލްކޯއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެފްއޭއެމުން އެ ކުންފުންޏަށް ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާ އެބަހުރި ކަމަށެވެ. އަދި އެ ފައިސާ ދެެއްކުމަށް އެކި ފަހަރުމަތިން އަންގާފައިވާ ކަަމަށާއި ނަމަވެސް ފައިސާ ދައްކާފައި ނުވާ ކަމަށް ވަނީ ބުނެފައެވެ.
މީގެ އިތުރުން، އެ ފައިސާ ދެއްކޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށް ގިނަ ފުރުސަތުތަކެއް ދީފައިވާ ކަމަށާއި، އެކަންވެސްކޮށްފައި ނުވާ ކަމަށް އެފްއޭއެމުން ބުންޏެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިކުންފުންޏަށް ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާ ދެެއްކުމަށް އެކި ފަހަރުމަތިން އަންގާ، އެ ފައިސާދެއްކޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށް ގިނަ ފުރުސަތުތަކެއްދެވި، އެކަންވެސްކޮށްފައި ނުވާތީ، އެފްއޭއެމް ހައުސްއިން ވަނީ ކަރަންޓުގެ
— STELCO (@STELCOMALDIVES) October 23, 2022
ސްޓެލްކޯއިން ބުނީ މިވަގުތު އަޅާ ފިޔަވަޅެއްގެ ގޮތުން އެފްއޭއެމް ހައުސްއިން ކަރަންޓުގެ ހިދުމަތް މެދުކަނޑާލާފައިވާ ކަމަށެވެ.
އަދި ފައިސާ ނުދައްކާނަމަ، އެފްއޭއެމްގެ އެހެން އިމާރާތްތަކުންވެސް ކަރަންޓުގެ ހިދުމަތް މެދުކަނޑާލުމަށް ވިސްނަމުން ދާ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!