ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓް ސަރަހައްދުގައި ޓިއުޝަން ސެންޓަރެއް ހުޅުވައިފިއެވެ.

މި ސެންޓަރު ހުޅުވާފައިވަނީ ހިޔާގެ ދެވަނަ ޓަވަރުގެ ތިރީގައެވެ. މި ޓިއުޝަން ސެންޓަރު ހުޅުވާފައިވަނީ މީޒާ އިންސްޓިޓިއުޓް އިންނެވެ.

Ad
rt

މި ޓިއުޝަން ސެންޓަރުން ގްރޭޑް އެކަކުން ފެށިގެން ގްރޭޑް 12އާ ހަމައަށް ކިޔަވައިދެއެވެ.

ހިޔާގައި މީހުން ދިރިއުޅެން ފެށި އިރު އެތަނުގައި ޙިދުމަތް ދޭ ތަންތަން ނެތުމުން އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް ދަތިތަކާ ދިމާވިއެވެ. ނަމަވެސް އެޗްޑީސީން އަންނީ އެ ތަނުގައި އާއްމުންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް ފެށުމަށް މަސައްކަތް ކުރަމުންނެވެ.

އެޗްޑީސީގެ މަސައްކަތުން މިހާތަނަށް އެ ސަރަހައްދުގައި ފިހާރަތަކާއި ޑެންޓަލް ހިދުމަތާއި ކްލިނިކާއި ކިޔަވައިދޭ ތަންތަން މިހާރު ވަނީ ހުޅުވައިފައެވެ.