އުރީދޫ މޯލްޑިވްސްގެ ފުޓްބޯޅަ ފޯރި ކެމްޕެއިންގެ ދަށުން ވޯލްޑް ކަޕް ސެމީ ފައިނަލް މެޗެއް ލައިވްކޮށް ބަލައިލަން ހުޅުވާލި ފުރުސަތު މި މަހުގެ ނިޔަލަށް ހަމަވާނެތީ ހަދުމަކޮށްދީފިއެވެ.
އުރީދޫ މޯލްޑިވްސް އިން ވަނީ މި ކެމްޕޭންގެ ދަށުން ސެމީ ފައިނަލް މެޗެއް ބެލުމަށް ގަތަރަށް ދިއުމުގެ ފުރުސަތު ހަތަރު މީހަކަށް ދޭން ނިންމާފައެވެ. އެގޮތުން، އޮގަސްޓް މަހު އިއުލާން ކުރި މި ކެމްޕޭނުގެ ދަށުން ލަކީޑްރޯގައި ބައިވެރިވެވޭނީ 31 އޮކްޓޯބަރުގެ ނިޔަލަށެވެ.
މިހާރުގެ ކަސްޓަމަރުންނާއި އަދި އަލަށް ގުޅޭ ކަސްޓަމަރުންނަށް ވެސް މިލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އުރީދޫ އިން ބުންޏެވެ.
މި ކެމްޕޭނުގެ ދަށުން ގަތަރުގެ ދަތުރުގެ އިތުރުން ކޮންމެ ހަފްތާއަކު 10 ނަސީބުވެރިން ވެސް ދަނީ ހޮވަމުންނެވެ. ކޮންމެ ހަފްތާއަކު ހޮވާ ނަސީބުވެރިންނަށް އުރީދޫ އިން އަންނަނީ ސެމްސަންގ ގެލެކްސީ ބަޑްސް އާއި އެއާޕޮޑްސް އާއި އެއާޓެގްސް ފަދަ އަގުހުރި އިނާމުތައް ދެމުންނެވެ.
އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ސުޕަނެޓް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނާއި، ޕްރީޕެއިޑް ރީޗާޖް ކުރާ ކަސްޓަމަރުންނާއި، އުރީދޫ ބިލަށް ފައިސާ ދައްކާ ކަަސްޓަމަރުންނާއި، އާ ޕްލޭނަކަށް އަޕްގްރޭޑް ކުރާ ކަސްޓަމަރުންނާއި، މޫލީ މެދުވެރިކޮށް ވިޔަފާރި ކުރާ ފަރާތްތައް އަދި އެމް-ފައިސާގެ ހިދުމަތްތައް ބޭނުންކުރާ ހުރިހާ ކަސްޓަމަރުންވެސް އޮޓޮމެޓިކުން މި ލަކީ ޑްރޯގެ ތެރޭގައި ހިމެނޭނެއެވެ.
ފެންވަރު ރަނގަޅު އިންޓަނެޓްގެ ހިދުމަތް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން، އުރީދޫއިން މިދިޔަ އަހަރު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ބްރޯޑްބޭންޑް ޕްލޭންތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، މާކެޓުގައި ހުރި އެންމެ ރަނގަޅު ޕްލޭންތަކަށް ވަނީ އިތުރު ފުރިހަމަކަމެއް ގެނެސްދީފައެވެ.
މީގެ އިތުރުން އެ ކުންފުނީގެ ފައިބަ ސުޕަނެޓް ބްރޯޑްބޭންޑް ޕްލޭންތަކަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން އާ ހަތަރު ޕްލޭނެއް ތައާރަފްކޮށް 100 އިންސައްތައަށް ޑޭޓާ އެލަވަންސް އިތުރުކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް އަންލިމިޓެޑް ޑޭޓާ ރޯލްއޯވާގެ ހިދުމަތްވެސް އުރީދޫއިން ވަނީ ދޭން ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!