ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ "ބީސާދަ ސްޕޯޓްސް ފެސްޓިވަލް 2025" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ފެސްޓިވަލްގައި ހިމެނެނީ ފިރިހެން ބޭފުޅުންނަށް ފުޓްސަލް އަދި އަންހެން ބޭފުޅުންނަށް ހޭންޑްބޯލް މުބާރާތެކެވެ.

Ad
rt

މި ފެސްޓިވަލްގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމް ފުރިހަމަ ކުރުމަށް ފަހު ކުރިއަށް އޮތް ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހުގެ 12:00 ގެ ކުރިން ހުށަހެޅުމަށް އެ ރަށު ކައުންސިލުން ވަނީ އެދިލައްވާފައެވެ. ޓީމް ލިސްޓް ހުށަހެޅުމަށް ސުންގަޑިއެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އޮކްޓޯބަރ މަހުގެ 23 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށެވެ.

މި ފެސްޓިވަލް ފެށުމަށް ހަމަޖެހިފައި ވަނީ ނޮވެމްބަރ މަހުގެ 7 ވަނަ ދުވަހުއެވެ.