ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލުން އެރަށު ބަނދަރުގެ ދެކުނުފަރާތު އަތިރިމަތީގައި ތަރައްގީކޮށްފައިވާ ސަންސެޓް ބީޗް ރެސްޓޯރެންޓް 20 އަހަރު ދުވަހަށް ކުއްޔަށް ދޫކުރަން ނިންމައި އަންދާސީ ހިސާބު ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

ހަނިމާދޫ ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް ސަންސެޓް ބީޗް ރެސްޓޯރެންޓް 20 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި މަހުގެ 19 ވަނަ ދުވަހު 11:30 ގައި ހަނިމާދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި އޮންނަ މައުލޫމާދު ސެޝަންގައި ބައިވެރިވެ ރަޖިސްޓަރީ ކުރަންޖެހެއެވެ.

Ad
rt

އަންދާސީ ހިސާބު ހުށަހެޅުމަށް ބާއްވާ ބައްދަލުވުން، ބޭއްވުމަށް ތާވަލުކޮށްފައި ވަނީ އަންނަ ސެޕްޓެމްބަރ މަހުގެ 2 ވަނަ ދުވަހުގެ 11:00 ގައި ހަނިމާދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ.

އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި، ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ އަދި ބީލަމުގައި މަޢުލޫމާތު ސާފުކޮށް ރަޖިސްޓަރީވި ފަރާތްތަކަށް އެކަންޏެވެ.