މައި ޚަބަރަށް ދިޔުމަށް

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
287 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ފަހުވަގުތު ދެ ލަނޑުޖަހައި ޔުނައިޓެޑުން ސިޓީ ބަލި ބޮޑުކޮށްފި
Sports

ފަހުވަގުތު ދެ ލަނޑުޖަހައި ޔުނައިޓެޑުން ސިޓީ ބަލި ބޮޑުކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި (މެންޗެސްޓާ ޑާބީ) މެޗުގައި ސިޓީން މޮޅުވާން ދަނިކޮށް ފަހަތުން އަރާ، ދެ ލަނޑު ޖަހައިގެން (2-1) ޔުނައިޓެޑުން މެޗު ކާމިޔާބު ކޮށްފިއެވެ. ހުރިހާ މުބާރާތެއް ހިމެނޭހެން ސިޓީ މިވަގުތު އޮތީ އުނދަގޫ ހާލަތެއްގައެވެ. އެ ޓީމުން އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. އެއްވަރުވެގެން ދެ މެޗު ނިމުނުއިރު 8 މެޗުން ވަނީ ބަލިވެފައެވެ. ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން […]

ށ.އަތޮޅުގައި ބާއްވާ ޕަޑީ އޯޕަން ވޯޓަރ ޑައިވިން ކޯސް ހިލޭ ކިޔެވުމުގެ ފުރުސަތު
Thiladhunmathi News

ށ.އަތޮޅުގައި ބާއްވާ ޕަޑީ އޯޕަން ވޯޓަރ ޑައިވިން ކޯސް ހިލޭ ކިޔެވުމުގެ ފުރުސަތު

ށ.އަތޮޅުގައި ބާއްވާ ޕަޑީ އޯޕަން ވޯޓަރ ޑައިވިން ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި ކޯހަކީ ށ.އަތޮޅު ކައުންސިލާއި އެ އަތޮޅު ފުނަދޫ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯސް ކުރިއަށް ގެންދަން ރާވާފައި ވަނީ މި މަހުގެ 22 ވަނަ ދުވަހުން 28 ވަނަ ދުވަހަށް ފުނަދޫގައެވެ. މި ކޯހުގައި ޖުމްލަ 20 ބައިވެރިންނަށް ފުރުސަތުދޭން ނިންމާފައިވާއިރު، އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށުގެ ތެރެއިން ކޮންމެ ރަށަކުން އެއް ބައިވެރިއަކަށް ފުރުސަތު […]

އަށް ބާވަތެއްގެ މަސައްކަތަށް ނައިވާދޫ އިން 35 ބިމެއް ކުއްޔަށް ދޫކުރަނީ
Thiladhunmathi News

އަށް ބާވަތެއްގެ މަސައްކަތަށް ނައިވާދޫ އިން 35 ބިމެއް ކުއްޔަށް ދޫކުރަނީ

ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫއިން އެކިއެކި ބޭނުންތަކަށް ދޫކުރާ 35 ބިމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ނައިވާދޫއިން ދޫކުރަން ނިންމާފައިވާ ބިމުގެ ބާވަތްތައް ލައިޓް އިންޑަސްޓްރިއަލް ދަނޑުވެރިކަމަށް ދޫކުރާ ބިންތައް ކޮމާޝިއަލް ބޭނުންތަކަށް ދޫކުރާ ބިން ޑައިވް ސެންޓަރ ވޯޓަރ ސްޕޯޓްސް ސްލިޕްވޭ ހެދުމަށް މަސްކެއްކުމާއި، ލޮނުމަސް އެޅުމާއި، ހުއިފިލަނޑާގެ މަސައްކަތް ކުރުމަށް ދޫކުރާ ބިންތައް ދިރޭތަކެތި ގެންގުޅުމަށް ދޫކުރެވޭ ބިންތައް މި ބިންތަކަށް ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެކ...

ކުޑަކުދިން ގަޔާވާފަދަ ގިނަ ކުޅޭސާމާނާއިއެކު ހަނިމާދޫ ކުލަ ބަގީޗާ ހުޅުވައިފި
Thiladhunmathi News

ކުޑަކުދިން ގަޔާވާފަދަ ގިނަ ކުޅޭސާމާނާއިއެކު ހަނިމާދޫ ކުލަ ބަގީޗާ ހުޅުވައިފި

ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލުގެ ބަޖެޓުން ހަރަދުކޮށްގެން އެ ރަށުގައި ތަރައްގީކުރި ކުޑަކުދިންގެ ޕާކް “ކުލަ ބަގީޗާ” ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފަށައިފިއެވެ. ހަނިމާދޫ ބަނދަރު ސަރަހައްދުގައި ތަރައްގީ ކޮށްފައިވާ މި ޕާކް ރަސްމީކޮށް ހުޅުވާފައި ވަނީ މިދިޔަ ހުކުރު ދުވަހު ހަވީރުއެވެ. އެ ދުވަހު ޕާކް ހުޅުވުމުގެ ގޮތުން ކައުންސިލުން އިންތިޒާމް ކޮށްގެން އެތަނުގައި ވަނީ ކުޑަކުދިންގެ ހަވީރައް ބާއްވާފައެވެ. އަދި މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވެސް އެތަނުގައި އެ […]

ކުރިނބީ ޑަބްލިއުޑީސީ ތިން ގޮނޑިވެސް ސަރުކާރަށް
Thiladhunmathi News

ކުރިނބީ ޑަބްލިއުޑީސީ ތިން ގޮނޑިވެސް ސަރުކާރަށް

ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަން ވެރިކަންކުރާ ޕާޓީ (ޕީއެންސީ) ގެ ފަރާތުން ކުރިމަތިލީ މެމްބަރުން ކާމިޔާބު ކޮށްފިއެވެ. މިއަދު ހެނދުނު 0800 އިން ހަވީރު 1600 އަށް މި ބައި-އިލެކްޝަންގެ ވޯޓްލުން ކުރިއަށް ގެންގޮސްފައިވާއިރު، ބައި-އިލެކްޝަންގައި ވަނީ ޖުމްލަ ހަ މެމްބަރަކު ވާދަކޮށްފައެވެ. އެއީ ސަރުކާރު ހިންގާ ޕީއެންސީގެ ތިން މެމްބަރުންނާއި އިދިކޮޅު އެމްޑީޕީގެ ތިން މެމްބަރުންނެވެ. ބައި-އިލެކްޝަން ކާމިޔާބުކުރި މެމްބަރުން ލިބުނު ވޯޓާއިއެކު ފާތި...

އިނގިރޭސި ހަބަރުގައި ބޭއަދަބީ މަންޒަރެއް ދެއްކުމުން ދެ މުވަޒަފަކު ސަސްޕެންޑްކޮށްފި
Raajje

އިނގިރޭސި ހަބަރުގައި ބޭއަދަބީ މަންޒަރެއް ދެއްކުމުން ދެ މުވަޒަފަކު ސަސްޕެންޑްކޮށްފި

ޕަބްލިކް ސާވިސް މީޑީއާ (ޕީއެސްއެމް) ނިއުސް އިން ގެނެސްދޭ އިނގިރޭސި ހަބަރުގައި ބޭއަދަބީ މަންޒަރެއް ދެއްކުމުން، އެކަމުގައި އިހުމާލުވީ ދެ މުވައްޒަފުން ސަސްޕެންޑްކޮށް އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމުގައި އެ ކުންފުނިން ހާމަކޮށްފިއެވެ. މިކަމާއި ގުޅިގެން ޕީއެސްއެމް އިން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ މި މަހު 10 ވަނަ ދުވަހުގެ ރޭ 19:00 ގައި އެ ކުންފުނީގެ ޕީއެސްއެމް ނިއުސް އިން ގެނެސްދިން އިނގިރޭސި ހަބަރު ސެގްމެންޓްގައި ބޭއަދަބީ މަންޒަރެއް ހިމެނިފައިވާތީ، ދިވެހި […]

އުނގޫފާރު ހޮސްޕިޓަލުގައި އެމްއާރުއައިގެ ހިދުމަތް ފަށައިފި
Raajje

އުނގޫފާރު ހޮސްޕިޓަލުގައި އެމްއާރުއައިގެ ހިދުމަތް ފަށައިފި

ރ.އަތޮޅު އުނގޫފާރު ހޮސްޕިޓަލުގައި އެމްއާރުއައިގެ ހިދުމަތް ފަށައިފިއެވެ. އުނގޫފާރު ހޮސްޕިޓަލްގައި ރަސްމީކޮށް އެމްއާރުއައިގެ ހިދުމަތް ރޭ ފައްޓަވައި ދެއްވާފައި ވަނީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އެވެ. އެމްއާރުއައިގެ ހިދުމަތް ފެށުމަށް ރޭ އުނގޫފާރު ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީ ކުރައްވާނެ ކަމަށާއި، އެމްއާރުއައިގެ ހިދުމަތްދޭން ފެށުމަކީ ޓާޝަރީ ފެންވަރަށް ހޮސްޕިޓަލް ބަދަލުކުރުމަށް ކުރަ...

ށ.އަތޮޅު ކައުންސިލްގެ ނައިބަކަށް ފޯކައިދޫ ރައީސް އާސިފް އިންތިހާބުކޮށްފި
Thiladhunmathi News

ށ.އަތޮޅު ކައުންސިލްގެ ނައިބަކަށް ފޯކައިދޫ ރައީސް އާސިފް އިންތިހާބުކޮށްފި

ށ.އަތޮޅު ކައުންސިލްގެ ނައިބް ރައީސްގެ މަގާމަށް ފޯކައިދޫ ކައުންސިލްގެ ރައީސް، އަހްމަދު އާސިފް އިންތިހާބު ކޮށްފިއެވެ. އަތޮޅު ކައުންސިލްގެ ނައިބް ރައީސްގެ މަގާމު މީގެކުރިން ހުންނެވީ  އެ އަތޮޅު ފޭދޫ ކައުންސިލްގެ ރައީސް، އަހްމަދު ރައިޝަމްއެވެ. ނަމަވެސް އެ މަގާމުގައި އިތުރަށް ހުންނަން ބޭނުންނުވާކަމަށް ބުނެ އިސްތިއުފާ ސިޓީ އަތޮޅު ކައުންސިލަށް ހުށަހަޅާފައި ވަނީ މިދިޔަ ނޮވެމްބަރ މަހުގެ 18 ވަނަ ދުވަހުއެވެ. އަތޮޅު ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 112 ވަނަ އާންމު ޖަލްސާގައި ނައިބް ރައީސް […]

ހޮއިލުންޑުގެ ލަނޑުތަކުން ޔުނައިޓެޑަށް މޮޅެއް
Sports

ހޮއިލުންޑުގެ ލަނޑުތަކުން ޔުނައިޓެޑަށް މޮޅެއް

ޔުއެފާ ޔޫރޮޕާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ޗެކް ރިޕަބްލިކުގެ ވިކްޓޯރިއާ ޕްލަޒެން ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ ވިކްޓޯރިއާ ޕްލަޒެން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު (2-1) ޖަހައިގެންނެވެ. ރޭ މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުނެވެ. މެޗުގައި ވިކްޓޯރިއާ ޕްލަޒެން އިން ލީޑުނެގީ ދެވަނަ ހާފުގެ ކުރީކޮޅު މަތެޖް ވައިދްރާ […]

ބާރަށް ރަމްޒުކޮށްދޭ މޮނިއުމެންޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ބާރަށް ރަމްޒުކޮށްދޭ މޮނިއުމެންޓް ފަރުމާކޮށްދޭނެ ފަރާތެއް ހޯދަނީ

ތިލަދުންމަތީ އުތުރުބުރީ ބާރަށް ރަމްޒުކޮށްދޭ މޮނިއުމެންޓެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. މި މޮނިއުމެންޓް ފަރުމާކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިތަކަށާއި، ކުންފުނިތަކަށާއި، ޕާޓްނާޝިޕްތަކަށާއި، ކްލަބް ޖަމިއްޔާތަކަށާއި، ކުޅިވަރު ޓީމްތަކަށާއި ގްރޫޕްތަކަށާއި އަމިއްލަ ފަރާތްތަކަށް ވެސް ވަނީ ހުޅުވާލާފައެވެ. ބާރަށް ރަމްޒުކޮށްދޭ މޮނިއުމެންޓެއް ފަރުމާކުރުމުގެ މަގުސަދުތަކުގެ ތެރޭގައި...

ލައިވްގައި ޤުރުއާނުން ތަންކޮޅެއް ''އުނިވި'' މައްސަލާގައި އިހުމާލުވީ މުވައްޒަފުންނަށް ފިޔަވަޅުއަޅައިފި
Raajje

ލައިވްގައި ޤުރުއާނުން ތަންކޮޅެއް ''އުނިވި'' މައްސަލާގައި އިހުމާލުވީ މުވައްޒަފުންނަށް ފިޔަވަޅުއަޅައިފި

ފާއިތުވި ހަފުތާގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކ އަދި އއ އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އއ.ރަސްދޫގައި ބޭއްވި ޖަލްސާ ފެށުމުގެ ގޮތުން ކީރިތި ޤުރުއާން ކިޔެވުވަގުތު، ލައިވްގައި ކަލިމައެއް އުނިވި މައްސަލާގައި އެކަމުގައި އިހުމާލުވީ މުވައްޒަފުންނާއި މެދު ފިޔަވަޅު އަޅާފައިވާކަމަށް ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ބުނެފިއެވެ. އެކަން ހިނގާދިޔަ ގޮތް ބަޔާންކޮށް މިއަދު ޕީއެސްއެމް އިން ނެރުނު ބަޔާނުގައި ބުނީ ލައިވްގައި ޤުރުއާނުން ކަލިމައެއް އުނިވާގޮތަށް ދެއްކިފައި...

ސައުދީން ހަދިޔާކުރި ކަދުރު ރޯދައިގެ ކުރިން ބަހައި ނިންމަނީ
Raajje

ސައުދީން ހަދިޔާކުރި ކަދުރު ރޯދައިގެ ކުރިން ބަހައި ނިންމަނީ

އަންނަ ރަމަޟާން މަހަށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު ރޯދަމަސް ކުރިން ބަހާ ނިންމާނެ ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ “އެކްސް” ގައި ވިދާޅުވީ ސައުދީ އަރަބިއްޔާއިން ކޮންމެ އަހަރަކު ރަމަޟާން މަހަށް ދެއްވާ 50 ޓަނުގެ ކަދުރު މިނިސްޓްރީ އަށް މިހާރު ލިބިފައިވާ ކަމަށާއި، އެ ކަދުރު ރަމަޟާން މަސް ފެށުމުގެ ކުރިން ބަހާ ނިންމާނެ ކަމަށެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ މި ފަހަރު ކަދުރު ބެހުމުގައި […]

ހިފްޒުކޮށް ތަރާވީހް ނަމާދު ކުރާނެ ދިވެހިން ހޯދަނީ
Raajje

ހިފްޒުކޮށް ތަރާވީހް ނަމާދު ކުރާނެ ދިވެހިން ހޯދަނީ

އަންނަ ރަމަޟާން މަހު ރާއްޖޭގެ މިސްކިތްތަކުގައި ހިފްޒުކޮށް ތަރާވީހު ނަމާދު ކުރާނެ ހާފިޒުން ހޯދުމަށް އިސްލާމިކް މިނިސްޓްރީން އިއުލާން ކޮށްފިއެވެ. މާލޭ މިސްކިތްތަކުގައި ހިފްޒުކޮށް ތަރާވީހު ނަމާދު ކުރުމަށް ފޯމް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ދިވެހި ހާފިޒުންގެ ފޯމު ފުރިހަމަ ކުރުމަށް ފަހު، ފޯމާއިއެކު ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކާއިއެކު އަންނަ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުމަށް އިސްލާމިކް މިނިސްޓްރީން އެދެއެވެ. މާލޭގެ މިސްކިތްތަކުގައި ތަރާވީހް ކުރަން ފޯމު ހުށަހަޅަން ޖެހެނީ...

ނޮޅިވަރަމް ދާއިރާގެ މެންބަރު ރަޝީދުގެ އަނބިކަނބަލުން ނިޔާވެއްޖެ
Thiladhunmathi News

ނޮޅިވަރަމް ދާއިރާގެ މެންބަރު ރަޝީދުގެ އަނބިކަނބަލުން ނިޔާވެއްޖެ

ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރ މުހައްމަދު ރަޝީދުގެ އަނބިކަނބަލުން ވަސީމާ މުޙައްމަދު ނިޔާވެއްޖެއެވެ. މެމްބަރ މުހައްމަދު ރަޝީދުގެ އަނބިކަނބަލުން ނިޔާވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ވަނީ އެ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ. އެ ތައުޒިޔާ މެސެޖްގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ރަޝީދުގެ އަނބިކަނބަލުން، ނިޔާވުމާ ގުޅިގެން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ނަންފުޅުގައި، އަދި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންގެ ނަންފުޅުގައި، އެމަނިކުފާނުގެ އާއިލާއަށް އ...

ފަހުވަގުތު އިންޓަ ބަލިކޮށް ލެވަކޫސަން ދެވަނައަށް
Sports

ފަހުވަގުތު އިންޓަ ބަލިކޮށް ލެވަކޫސަން ދެވަނައަށް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިންޓަ މިލާނާއި ބަޔާން ލެވަކޫސަން ބައްދަލުކުރި މެޗު ފަހުވަގުތު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް ލެވަކޫސަން ޖެހިލައިފިއެވެ. ރޭ އަމިއަލް ދަނޑުގައި ލެވަކޫސަން އިން ވަނީ 1-0 ގެ ނަތީޖާއިން އިންޓަ ބަލިކޮށްފައެވެ. ރޭ މެޗުން މޮޅުވެ ލެވަކޫސަން އިން ވަނީ ހަ މެޗުން 13 ޕޮއިންޓް ހޯދައި ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. ތިންވަނާގައި އޮތް އެސްޓަން ވިލާއަށާއި ހަތަރުވަނާގައި އޮތް އިންޓަ މިލާންގެ އިތުރުން ފަސްވަނާގައި އޮތް ބްރެސްޓަށް […]