އުނގޫފާރު ހޮސްޕިޓަލުގައި އެމްއާރުއައިގެ ހިދުމަތް ފަށައިފި

ފޮޓޯ: ހެލްތް މިނިސްޓްރީ
ފޮޓޯ: ހެލްތް މިނިސްޓްރީ

ރ.އަތޮޅު އުނގޫފާރު ހޮސްޕިޓަލުގައި އެމްއާރުއައިގެ ހިދުމަތް ފަށައިފިއެވެ.

އުނގޫފާރު ހޮސްޕިޓަލްގައި ރަސްމީކޮށް އެމްއާރުއައިގެ ހިދުމަތް ރޭ ފައްޓަވައި ދެއްވާފައި ވަނީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އެވެ.

އެމްއާރުއައިގެ ހިދުމަތް ފެށުމަށް ރޭ އުނގޫފާރު ހޮސްޕިޓަލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެ ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީ ކުރައްވާނެ ކަމަށާއި، އެމްއާރުއައިގެ ހިދުމަތްދޭން ފެށުމަކީ ޓާޝަރީ ފެންވަރަށް ހޮސްޕިޓަލް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތުގެ އެއްބައި ކަމަށެވެ.

ރޭ އެ ހޮސްޕިޓަލުގައި ވަނީ ހުޅުތަކުގައި ރިއްސާ މީހުންނަށް ހާއްސަކޮށްގެން ޕްލެޓްލެޓް ޕްލާސްމާ ޓްރީޓްމަންޓް (ޕީއާރުޕީ) ގެ ހިދުމަތް ވެސް ފަށާފައެވެ.

އުނގުފާރު ރީޖަނަލް ހޮސްޕިޓަލަކީ ރ.އަތޮޅުގެ ގިނަ އަދަދެއްގެ ރައްޔިތުން ހިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ ހިދުމަތް ފޯރުކޮށްދޭން ފެށިތާ 40 އަހަރުވެފައިވާއިރު، އެ ހޮސްޕިޓަލުން މިހާރު ވެސް އަންނަނީ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ. މިހާރު ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ހިތުގެ ބަލިތަކުގެ ފަރުވާއާއި މެމޯގްރަފީގެ ހިދުމަތާއި ސީޓީ ސްކޭންގެ ހިދުމަތް ހިމެނެއެވެ. އަދި ދަތުގެ ފަރުވާއާއި އީއެންޓީގެ ހިދުމަތް ޒަމާނީ ވަސީލަތްތަކާއެކު ވަނީ ފުޅާކޮށްފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި