އަންނަ ރަމަޟާން މަހަށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު ރޯދަމަސް ކުރިން ބަހާ ނިންމާނެ ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ "އެކްސް" ގައި ވިދާޅުވީ ސައުދީ އަރަބިއްޔާއިން ކޮންމެ އަހަރަކު ރަމަޟާން މަހަށް ދެއްވާ 50 ޓަނުގެ ކަދުރު މިނިސްޓްރީ އަށް މިހާރު ލިބިފައިވާ ކަމަށާއި، އެ ކަދުރު ރަމަޟާން މަސް ފެށުމުގެ ކުރިން ބަހާ ނިންމާނެ ކަމަށެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ މި ފަހަރު ކަދުރު ބެހުމުގައި މިސްކިތްތަކުގައި އިފްޠާރު ޕްރޮގްރާމް ހިންގާ ޖަމިއްޔާތަކަށް ވެސް ކަދުރު ފޯރުކޮށްދޭނެ ކަމަށެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހަށް ވެސް ސައުދީން ރާއްޖެއަށް 50 ޓަނު ކަދުރު ފޯރުކޮށްދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!