ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫއިން އެކިއެކި ބޭނުންތަކަށް ދޫކުރާ 35 ބިމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ނައިވާދޫއިން ދޫކުރަން ނިންމާފައިވާ ބިމުގެ ބާވަތްތައް
- ލައިޓް އިންޑަސްޓްރިއަލް
- ދަނޑުވެރިކަމަށް ދޫކުރާ ބިންތައް
- ކޮމާޝިއަލް ބޭނުންތަކަށް ދޫކުރާ ބިން
- ޑައިވް ސެންޓަރ
- ވޯޓަރ ސްޕޯޓްސް
- ސްލިޕްވޭ ހެދުމަށް
- މަސްކެއްކުމާއި، ލޮނުމަސް އެޅުމާއި، ހުއިފިލަނޑާގެ މަސައްކަތް ކުރުމަށް ދޫކުރާ ބިންތައް
- ދިރޭތަކެތި ގެންގުޅުމަށް ދޫކުރެވޭ ބިންތައް
މި ބިންތަކަށް ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަ ކުރެވިފައިވާ ލިންކް މެދުވެރިކޮށް މި މަހު 23 ވަނަ ދުވަހުގެ 10:00 ގެ ކުރިން ރަޖިސްޓަރީ ވާން ޖެހެއެވެ. ރަޖިސްޓަރީވާ ފަރާތްތަކަށް ބޮޑްފޮތް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. ބިޑް ފޮތުގެ އަގަކީ 200 ރުފިޔާއެވެ.
މި ބިންތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ތާވަލު ކޮށްފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުގެ 11:15 ގައެވެ. ބައްދަލުވުން ބާއްވަން ނިންމާފައި ވަނީ އޮންލައިންކޮށެވެ.
ބިންތަކަށް ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ތާވަލުކޮށްފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުގެ 11:15 ގައި ނައިވާދޫ ކައުންސިލް އިދާރާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!