ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ރަޝީދުގެ އަނބިކަނބަލުން ނިޔާވެއްޖެ

ރަޝީދުގެ އަނބިކަނބަލުން ވަސީމާ، ފޮޓޯ: ޕީއެސްއެމް
ރަޝީދުގެ އަނބިކަނބަލުން ވަސީމާ، ފޮޓޯ: ޕީއެސްއެމް

ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރ މުހައްމަދު ރަޝީދުގެ އަނބިކަނބަލުން ވަސީމާ މުޙައްމަދު ނިޔާވެއްޖެއެވެ.

މެމްބަރ މުހައްމަދު ރަޝީދުގެ އަނބިކަނބަލުން ނިޔާވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ވަނީ އެ އާއިލާއަށް ތައުޒިޔާ ކިޔާފައެވެ. އެ ތައުޒިޔާ މެސެޖްގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ރަޝީދުގެ އަނބިކަނބަލުން، ނިޔާވުމާ ގުޅިގެން، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ނަންފުޅުގައި، އަދި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންގެ ނަންފުޅުގައި، އެމަނިކުފާނުގެ އާއިލާއަށް އިހްލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވާކަމަށެވެ.

މީގެއިތުރުން މެންބަރު މުހައްމަދު ރަޝީދު އަނބިކަނބަލުން ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބް ހުސައިން މުހައްމަދު ސޯސަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެމްބަރ މުހައްމަދު ރަޝީދުގެ އަނބިކަނބަލުން ނިޔާވި ހަބަރު އެހީ ކުއްލި ހައިރާންކަމާއި ފުން ހިތާމައާއިއެކުގައިކަމަށާއި، މެންބަރު މުޙައްމަދު ރަޝީދުގެ އާއިލާއަށް އިހްލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވާކަމަށެވެ. ނައިބްރައީސް ވަނީ އެ މަރްހޫމާގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތްލެއްވުން އެދި ދުއާ ދަންނަވާފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *