ތިލަދުންމަތީ އުތުރުބުރީ ބާރަށް ރަމްޒުކޮށްދޭ މޮނިއުމެންޓެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ.

މި މޮނިއުމެންޓް ފަރުމާކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިތަކަށާއި، ކުންފުނިތަކަށާއި، ޕާޓްނާޝިޕްތަކަށާއި، ކްލަބް ޖަމިއްޔާތަކަށާއި، ކުޅިވަރު ޓީމްތަކަށާއި ގްރޫޕްތަކަށާއި އަމިއްލަ ފަރާތްތަކަށް ވެސް ވަނީ ހުޅުވާލާފައެވެ.

Ad
rt

ބާރަށް ރަމްޒުކޮށްދޭ މޮނިއުމެންޓެއް ފަރުމާކުރުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ ބަނދަރު ސަރަހައްދުގެ ފުރިހަމަކަން އިތުރުކުރުމާއި، ރަށަށް ލަފާފުރާ ފަރާތްތަކަށް ރަށުގެ މޫނުމަތިން އެ ރަށުގެ އައިޑެންޓިޓީއެއް ފެންނަން ހުރުމެވެ.

މޮނިއުމެންޓް ފަރުމާކޮށް ހުށަހަޅާ ފާރާތްތަކުގެ ތެރެއިން އެ ކައުންސިލަށް އެންމެ ކަމުދާ މޮނިއުމެންޓް ޑިޒައިން ފަރުމާކުރާ ފަރާތަކަށް އިނާމެއްގެ ގޮތުގައި 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތް ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ އަންނަ ޖަނަވަރީ މަހުގެ 12 ވަނަ ދުވަހުގެ 13:00 ކުރިން ބީލަން ހުށަހެޅުމަށް އެ ކައުންސުލުން އެދެއެވެ.