Skip to main content

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
287 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

މޮޅަށް ކުޅުނު އެކަމަކު ނަތީޖާއާއި މެދު ހިތްހަމަ ނުޖެހޭ
Sports

މޮޅަށް ކުޅުނު އެކަމަކު ނަތީޖާއާއި މެދު ހިތްހަމަ ނުޖެހޭ

ޕްރިމިއާ ލީގުގައި ރޭ އެސްޓަން ވިލާއާއި ދެކޮޅަށް ދެއްކި ކުޅުމާއިމެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި ނަމަވެސް ނަތީޖާއާއި މެދު ހިތްހަމަ ނުޖެހޭކަމުގައި އާސެނަލްގެ ކޯޗް އާޓޭޓާ ބުނެފިއެވެ. ރޭ އަމިއްލަ ދަނޑުގައި އާސެނަލްއާއި އެސްޓަން ވިލާ ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މެޗުގައި ފުރަތަމަ ދެ ލަނޑު ވެސް ޖެހީ އާސެނަލުންނެވެ. އެ ޓީމްގެ ފުރަތަމަ ލަނޑު 35 ވަނަ މިނެޓުގައި މާޓިނެލީ ޖަހައިދިންއިރު، ދެވަނަ ލަނޑު […]

ނުނޭޒްގެ ދެ ލަނޑުން ފަހުވަގުތު ލިވަޕޫލަށް މޮޅެވެއްޖެ
Sports

ނުނޭޒްގެ ދެ ލަނޑުން ފަހުވަގުތު ލިވަޕޫލަށް މޮޅެވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް، މެޗުގެ އިތުރު ވަގުތުގައި ޑާވިން ނުނޭޒް ޖެހި ދެ ލަނޑުން ލިވަޕޫލް މޮޅުވެއްޖެއެވެ. މި މެޗު ލިވަޕޫލުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލިވަޕޫލުން މި މެޗުގައި ވެސް ވަނީ މޮޅަށް ކުޅެ ވަރަށް ގިނަ ހަމަލާ އުފައްދާފައެވެ. މެޗުގައި ލިވަޕޫލަށް ލީޑު ނަގައިދޭން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ […]

ބާސާ އެއްވަރުވެ އެތުލެޓިކޯ ބަލިވުމުން ރެއާލަށް ފުރުސަތު
Sports

ބާސާ އެއްވަރުވެ އެތުލެޓިކޯ ބަލިވުމުން ރެއާލަށް ފުރުސަތު

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާ އެއްވަރުވެ، އެތުލެޓިކޯ މެޑްރިޑް ބަލިވުމާއި ގުޅިގެން ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލުމުގެ ފުރުސަތު ރެއާލް މެޑްރިޑަށް ފަހިވެއްޖެއެވެ. ރޭ ރަށުން ބޭރުގައި ބާސާއާއި ގެޓާފޭ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން އެއްވަރު ވެގެންނެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް ބާސާއަށް މޮޅެއް ލިބިފައި ނުވެއެވެ. ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ބާސާއިންނެވެ. މެޗުގެ ނުވަވަނަ މިނެޓުގައި ގެޓާފޭ އޭރިއާ ތެރެއިން ތަނަވަސްވީ […]

ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ނައިވާދޫއާއި ނޭކުރެންދޫ ސެމީއަށް
Thiladhunmathi News

ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ނައިވާދޫއާއި ނޭކުރެންދޫ ސެމީއަށް

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ގެ ހއ.އަތޮޅު ބުރުގައި ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް އެންމެ ފަހުގެ ޗެމްޕިއަން ނައިވާދޫއާއި ނޭކުރެންދޫ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ. ރޭ ގްރޫޕް އޭގައި ނޭކުރެންދޫއިން ވަނީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއިން ނޮޅިވަރަންފަރު ބަލިކޮށްފައެވެ. ރޭ މެޗުގައި ނޭކުރެންދޫއަށް ލަނޑުތައް ޖަހައިދިނީ ވިލްފް، ރާއިފް އަދި އަބާންއެވެ. އަނެއް ދެ ލަނޑަކީ ނޮޅިވަރަންފަރުގެ އިބްރާހީމް ވަހީދާއި އަކްރަމް އަތުން […]

ހއ.އަތޮޅުން ސެމީގެ ޖާގަ ކަށަވަރުކުރި ފުރަތަމަ ދެ ޓީމަކީ ވަށަފަރާއި ކެލާ
Thiladhunmathi News

ހއ.އަތޮޅުން ސެމީގެ ޖާގަ ކަށަވަރުކުރި ފުރަތަމަ ދެ ޓީމަކީ ވަށަފަރާއި ކެލާ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތްކަމަށްވާ “ގޯލްޑަން ފުޓްސަލް ޗެލެންޖު 2025” ގެ ހއ.އަތޮޅުގެ ބުރުގެ ސެމީ ފައިނަލުން ވަށަފަރާއި ކެލާ ޖާގަ ހޯދައިފިއެވެ. ގްރޫޕް އޭގައި ރޭ ކެލާއާއި ހޯރަފުށި ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގައި ހޯރަފުއްޓަށް ލަނޑުތައް ޖަހައިދިނީ ޔާނުއާއި އަލީ އިމްރާންއެވެ. ކެލާގެ ދެ ލަނޑު ވެސް ޖެހީ މަމްދޫހްއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ވެސް އޭނާއެވެ. […]

މަޑިއަށް ކާންދޭ މައްސަލަ ބޮޑުވެ، އެކަން ނުކުރަން އަންގައިފި
Raajje

މަޑިއަށް ކާންދޭ މައްސަލަ ބޮޑުވެ، އެކަން ނުކުރަން އަންގައިފި

ދިވެހިރާއްޖޭގެ ކަނޑުފަޅުތަކުގައި އުޅޭ މަޑީގެ ބާވަތްތަކަށް ކާންދޭ މައްސަލަ ބޮޑުވުމާއި ގުޅިގެން އެކަން އެގޮތަށް ނުކުރަން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިލްތިމާސް ކޮށްފިއެވެ. މިކަމާއި ގުޅިގެން އީޕީއޭ އިން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ މަޑިއަށް ކާންދިނުމަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ ދިރޭތަކެއްޗާ ބެހޭ ގަވާއިދުގެ ދަށުން މަނާކަމެއް ކަމަށެވެ. މަޑީގެ ބާވަތްތަކަށް ކާންދިނުމުގެ ކަންކަން ރާއްޖޭގެ އެކި ހިސާބުތަކުގައި ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަން ފާހަގަކޮށް އީޕީއޭއިން...

ފަހު ދިހަމިނެޓްތެރޭ ޑިއާލޯ ހެދި ހެޓްރިކުން ޔުނައިޓެޑަށް މުހިންމު މޮޅެއް
Sports

ފަހު ދިހަމިނެޓްތެރޭ ޑިއާލޯ ހެދި ހެޓްރިކުން ޔުނައިޓެޑަށް މުހިންމު މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ސައުތެމްޓަން ބައްދަލުކުރި މެޗު ފަހަތުން އަރާ ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފައި ވަނީ 3-1 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑަށް ލީޑު ނަގައިދޭން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ގަނާޗޯއަށެވެ. އޭރިއާތެރޭ ހުސްކޮށް ހުރެ އޭނާ ފޮނުވާލި ބޯޅަ ގޯލާ އަމާޒުވާގޮތެއް ނުވިއެވެ. ފުރަތަމަ ހާފުގައި ނުރައްކާތެރި ގިނަ ހަމަލާ އުފެއްދީ ސައުތެމްޓަނުންނެވެ. އެ ހަމަލާތައް […]

އެންޑްރިކްގެ ލަނޑުތަކުން މޮޅުވެ ރެއާލް ކުއާޓާއަށް
Sports

އެންޑްރިކްގެ ލަނޑުތަކުން މޮޅުވެ ރެއާލް ކުއާޓާއަށް

ސްޕެނިޝް ކަޕް ގަދަ 16 ބުރުގައި ރޭ ރެއާލް މެޑްރިޑާއި ސެލްޓަ ވީގޯ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ރެއާލުން، މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. ރޭ ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. އިތުރު ވަގުތުގެ ދެ ހާފުގައި ރެއާލުން ވަނީ ތިން ލަނޑުޖަހައިގެން މޮޅުވެފައެވެ. ރޭ މެޗުގައި ރެއާލުން ލީޑު ނެގީ ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައެވެ. […]

ކުޅުދުއްފުށީގައި ދީނީ ސުވާލު މުބާރާތެއް
Thiladhunmathi News

ކުޅުދުއްފުށީގައި ދީނީ ސުވާލު މުބާރާތެއް

ހދ.ކުޅުދުއްފުށީގައި ދީނީ ސުވާލު މުބާރާތެއް ރާވާ ހިންގައިދޭނެ ފަރާތެއް ހޯދުމަށް، ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިއުލާން ކޮށްފިއެވެ. “ދީނީ ސުވާލު މުބާރާތް 1446” ގެ ނަމުގައި ކުރިއަށް ގެންދާ މި މުބާރާތަކީ ކުޅުދުއްފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިންތިޒާމްކޮށް ހިންގާ މުބާރާތެކެވެ. މި މަސައްކަތަށް ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓަރީވުމަށް ފުރިހަމަ ކުރަންޖެހޭ އޮންލައިން ފޯމް ފުރިހަމަ ކުރުމަށް ފަހު މި މަހުގެ 27 ވަނަ ދުވަހުގެ 10:30 ގެ ކުރިން […]

ބާސެލޯނާއާއި އެތުލެޓިކޯ މެޑްރިޑް ކުއާޓާއަށް
Sports

ބާސެލޯނާއާއި އެތުލެޓިކޯ މެޑްރިޑް ކުއާޓާއަށް

ސްޕެނިޝް ކަޕް (ކޮޕަ ޑެލް ރޭ) ރައުންޑް އޮފް 16 ގައި ރޭ ބާސެލޯނާއާއި އާއި އެތުލެޓިކޯ މެޑްރިޑުން ކުޅުނު މެޗުތައް ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. ސްޕެނިޝް ސްޕަ ކަޕްގެ ކާމިޔާބަށް ފަހު ބާސާއިން ރޭ އަމިއްލަ ދަނޑުގައި ނުކުތީ ރެއާލް ބެޓިސްއާއި ދެކޮޅަށެވެ. ބާސާގެ ކާމިޔާބީ ފާހަގަކޮށް ބެޓިސް ޓީމުން ވަނީ ގާޑް އޮފް އޮނާއެއް އަރުވާފައެވެ. ރޭ މެޗުގައި ބާސާއިން ކާމިޔާބު ކޮށްފައި ވަނީ 5-1 ގެ ތަފާތު ބޮޑު […]

ބޮޑު މޮޅަކާއިއެކު ބަޔާން ފަސްބެލުމެއް ނެތި ކުރިއަށް
Sports

ބޮޑު މޮޅަކާއިއެކު ބަޔާން ފަސްބެލުމެއް ނެތި ކުރިއަށް

ޖަރުމަނު ލީގުގައި ރޭ ބަޔާން މިއުނިކާއި ހޮފެއިންހެއިމް ބައްދަލުކުރި މެޗު ފަސޭހަކަމާއިއެކު ކާމިޔާބުކޮށް، ބަޔާނުން ޕޮއިންޓް ތާވަލުގައި ހަތަރު ޕޮއިންޓްގެ ލީޑު ދަމަހައްޓައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ބަޔާނުން ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއިން ހޮފެއިންހެއިމް ބަލިކޮށްފައެވެ. ރޭ މެޗުގެ ފުރަތަމަ ހާފު ބަޔާނުން ނިންމާލީ ތިން ލަނޑުގެ ލީޑަކާއިއެކުއެވެ. ފުރަތަމަ ލަނޑު ހަވަނަ މިނެޓުގައި ސާނޭ ޖަހާފައި ވަނީ ހޮފެއިންހެއިމްގެ އޭރިއާތެރެއިން މުލާ ތަނަވަސް ކޮށްދިން ފުރުސަތެއްގައެވެ. އޭގެ ހަމިނެޓް ފަހުން ކޭން […]

ފަހަތުން އަރާ ޓޮޓެންހަމް ބަލިކޮށް އާސެނަލް ދެވަނައަށް
Sports

ފަހަތުން އަރާ ޓޮޓެންހަމް ބަލިކޮށް އާސެނަލް ދެވަނައަށް

އިނިގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް އާސެނަލް ޖެހިލައިފިއެވެ. އަމިއްލަ ދަނޑުގައި ރޭ އާސެނަލުން ޓޮޓެންހަމް އަތުން މޮޅުވީ 2-1 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ޓޮޓެންހަމުންނެވެ. މި ލަނޑު 25 ވަނަ މިނެޓުގައި ޖަހައިދިނީ ސޮންއެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި އާސެނަލުން ވަނީ ލީޑު އަނބުރާލާފައެވެ. އާސެނަލުން ޖެހި ފުރަތަމަ ލަނޑަކީ މެޗުގެ 40 ވަނަ މިނެޓުގައި ޓޮޓެންހަމްގެ […]

ކްވަރަސްޚޭލިއާ ޕީއެސްޖީއަށް
Sports

ކްވަރަސްޚޭލިއާ ޕީއެސްޖީއަށް

އިޓަލީގެ ނަޕޯލީއަށް ކުޅެމުން އަންނަ ޖޯޖިއާގެ އިތުބާރު އެޓޭކިން ކުޅުންތެރިޔާ ވިޗާ ކްވަރަސްޚޭލިއާ ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވާން އެއްބަސްވުމަކަށް އައިސްފައިވާ ކަމުގައި ރިޕޯޓްތައް ބުނެފިއެވެ. ރިޕޯޓްތައް ބުނާގޮތުން ޕީއެސްޖީން އޭނާ ހޯދުމަށް ހުށަހަޅާފައި ވަނީ 80 މިލިއަން ޑޮލަރުގެ ބިޑެކެވެ. ޕީއެސްޖީން އޭނާއާއިއެކު ފަސް އަހަރުގެ އެއްބަސްވުމެއް ހަދާނެ ކަމުގައި ވެސް ރިޕޯޓްތައް ވަނީ ބުނެފައެވެ. ނަޕޯލީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކްވަރަސްޚޭލިއާ ހޯދުމަށް މީގެ ކުރިން އިނގިރޭސި ބައެއް ބޮޑެތި ޓީމްތ...

ޖަޕާނުގެ ތެރުކޯ ހަނިމާދޫގައި ތަރުކާރީ ހެއްދުމުގައި ކުރި ތަޖުރިބާ
Thiladhunmathi News

ޖަޕާނުގެ ތެރުކޯ ހަނިމާދޫގައި ތަރުކާރީ ހެއްދުމުގައި ކުރި ތަޖުރިބާ

ޖަޕާނުގެ ތަރުކާރީ ރާއްޖޭގައި ހެދޭތޯ ބެލުމަށް، ޖަޕާނު ވޮލަންޓިއަރެއް ހަނިމާދޫގައި ތަރުކާރީ ހެއްދުމުގައި ކުރި މަސައްކަތުގެ ތަޖުރިބާ ހިއްސާކޮށްފިއެވެ. މި ދިރާސާއަކީ ޖަޕާނު އޯވަރސީސް ކޯޕަރޭޝަން ވޮލަންޓިއަރސް (ޖޭއޯސީވީ) އާއި ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާ ގުޅިގެން، ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ކުރިއަށް ގެންގޮސްފައިވާ ދިރާސާއެކެވެ. މި ދިރާސާގައި ޖޭއޯސީވީގެ ވޮލެންޓިއަރެއް ކަމަށްވާ މިސް ތެރުކޯ ވަނީ، ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ޖަޕާނުގެ ތަރުކާރީ ހެއްދުމަށް އެއް އަހަރާއި ހަމަސް...

ފަހުވަގުތު ދެ ލަނޑުޖަހާ ބްރެންޓްފޯޑުން ސިޓީއާއި އެއްވަރުކޮށްފި
Sports

ފަހުވަގުތު ދެ ލަނޑުޖަހާ ބްރެންޓްފޯޑުން ސިޓީއާއި އެއްވަރުކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީއާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު، ސިޓީ ދެ ލަނޑުގެ ލީޑެއްގައި އޮއްވައި، މެޗުގެ ފަހު ވަގުތު ބްރެންޓްފޯޑުން ދެ ލަނޑުޖަހައި ސިޓީއާއި އެއްވަރުކޮށްފިއެވެ. ރޭ ބްރެންޓްފޯޑްގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވެއެވެ. މެޗުގެ ސިޓީއަށް ދެ ލަނޑު ވެސް ޖަހައިދިނީ ފިލް ފޮޑެންއެވެ. ފުރަތަމަ ލަނޑު 66 […]