އިޓަލީގެ ނަޕޯލީއަށް ކުޅެމުން އަންނަ ޖޯޖިއާގެ އިތުބާރު އެޓޭކިން ކުޅުންތެރިޔާ ވިޗާ ކްވަރަސްޚޭލިއާ ފްރާންސްގެ ޕީއެސްޖީ އަށް ބަދަލުވާން އެއްބަސްވުމަކަށް އައިސްފައިވާ ކަމުގައި ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ޕީއެސްޖީން އޭނާ ހޯދުމަށް ހުށަހަޅާފައި ވަނީ 80 މިލިއަން ޑޮލަރުގެ ބިޑެކެވެ. ޕީއެސްޖީން އޭނާއާއިއެކު ފަސް އަހަރުގެ އެއްބަސްވުމެއް ހަދާނެ ކަމުގައި ވެސް ރިޕޯޓްތައް ވަނީ ބުނެފައެވެ.

Ad
rt

ނަޕޯލީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކްވަރަސްޚޭލިއާ ހޯދުމަށް މީގެ ކުރިން އިނގިރޭސި ބައެއް ބޮޑެތި ޓީމްތައް ވަނީ މަސައްކަތް ކޮށްފައެވެ. އެ ޓީމްތަކުގެ ތެރޭގައި މެންޗެސްޓާ ސިޓީ، މެންޗެސްޓާ ޔުނައިޓެޑް އަދި ލިވަޕޫލް ހިމެނެއެވެ.

ޖޯޖިއާ ލީގުގައ ޑިނަމޯއިން ކްވަރަސްޚޭލިއާ ނަޕޯލީއަށް ބަދަލުވެފައި ވަނީ 2022 ވަނަ އަހަރުއެވެ. ނަޕޯލީން 33 އަހަރަށް ފަހު 2022-23 ގައި އިޓާލިއަން ލީގު ކާމިޔާބުކުރި އިރު އެ ޓީމުގައި އޭނާ ވަނީ ވަރަށް މޮޅަށް ކުޅެފައެވެ. އެ ސީޒަނަށް ފަހު ޔޫރަޕްގެ ބޮޑެތި ގިނަ ޓީމްތަކެއްގެ ލޯ އޭނާއަށް އަމާޒުވުމާއި ގުޅިގެން އޭރު ނަޕޯލީގެ ރައީސް އައުރޭލިއަން ބުނީ އޭނާއަކީ ވިއްކާ ކުޅުންތެރިއެއް ނޫންކަމަށެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ނަޕޯލީން އޭނާ ދޫކޮށްލަން ނިންމީ އޭނާ އެގޮތަށް ޓީމުގައި އެދުމާއި ގުޅިގެންނެވެ.