ޅ.ނައިފަރުން މަސްތުވާ ތަކެއްޗާއިއެކު ދެ މީހުން ހައްޔަރު ކޮށްފިއެވެ.
11 ޖަނަވަރީ 2021 ވީ އަންގާރަ ދުވަހު ޅ.ނައިފަރު ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެނެސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ނައިފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އެ ރަށުން ހައްޔަރު ކޮށްފައިވަނީ 20 އަހަރު އަދި 18 އަހަރުގެ ދެ ދިވެހިންކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުން ވިދާޅުވެފައިވަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މާލެއިން ފުރައިގެން ނައިފަރަށް އައި ދޯންޏަކުން އެރަށަށް ބޭލި ފޮށިގަނޑެއް ހިފައިގެން ދަނިކޮށް، ދެމީހަކު ހުއްޓުވައި، ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމުހުސްކުރި ދަޅެއް ފެނިފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވެފައިވަނީ އެ ދެމީހުން މިހާރު ހައްޔަރު ކުރެވިފައިވާ ކަމަށާއި، އަދި މި މައްސަލަ ޅ.ނައިފަރު ޕޮލިސް ސްޓޭޝަނުން މިހާރު އިތުރަށް ތަހުޤީގު ކުރަމުން އަންނަ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!