މަކުނުދޫ ދާއިރާގެ ރަށްތަކުގެ ސްކޫލްތަކަށް ލޮޓަސް ފިހާރައިގެ ފަރާތުން ހޭންޑް ސެނިޓައިޒަރ ހަދިޔާ ކޮށްދީފައިވާތީ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ ލޮޓަސް ފިހާރައަށް ޝުކުރު ދަންނަވައިފިއެވެ.

ލޮޓަސް ފިހާރައިގެ ފަރާތުން ހޭންޑް ސެނިޓައިޒާ ހަދިޔާ ކޮށްފައިވާ ސްކޫލްތަކަކީ އެ ދާއިރާގައި ހިމެނޭ ތިން ރަށުގެ ސްކޫލްތައް ކަމުގައިވާ މަކުނުދޫ ސްކޫލް، ކުމުންދޫ ސްކޫލްގެ އިތުރުން ނޭކުރަންދޫ ސްކޫލެވެ.

Ad
rt

ލޮޓަސް ފިހާރައަށް ޝުކުރު ދަންނަވައި ރާއީ ކުރެއްވި ޓްވީޓްގައި، ޝުކުރުގެ އިތުރުން، 10 ޖަނަވަރީ 2021 ވީ އާދީއްތަ ދުވަހު ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ އުނގެނުމުގެ ދޮރުތައް ހުޅުވުމުގެ މުނާސަބަތުގައި ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުންނާއި މުދައްރިސުންނަށް ރާއީ ވަނީ މަރުހަބާ ދަންނަވާފައެވެ.

ލޮޓަސް ފިހާރައިގެ ސީއެސްއާރްގެ ދަށުން މި ހިނގާ ޖަނަވަރީ މަހުގެ 7 ވަނަ ދުވަހު ވަނީ ތައުލީމީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މާލެ ސަރަހައްދުގެ ސްކޫލުތަކުގެ ޓީޗަރުންނަށާއި އިދާރީ މުވައްޒުންނަށް ހިލޭ ސެނިޓައިޒަރ ދިނުމަށް ނިންމާފައެވެ. މި ޕްރޮގްރާމްގެ ދަށުން ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ އެންޓަބެކްސް 750 އެމްއެލްގެ ހޭންޑް ސެނިޓައިޒަ ފުޅިއެވެ.

ލޮޓަސް ސީއެސްއާރް ޕްރޮގްރާމެގެ ދަށުން ކޯވިޑް ބަލިމަޑު ކަމުން އަރައިގަތުމަށް އެހީތެރި ވުމުގެ ގޮތުން ފާއިތުވި އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ވެސް ލޮޓަސް ފިހާރައިން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ކިޔަވާ ކޮންމެ ދަރިވަރަކަށް ސެނިޓައިޒާ ފުޅިއެއް ހަދިޔާކުރުމުގެ ޕްރޮގުރާމެއް ފަށައި ކާމިޔާބު ކަމާއިއެކު ވަނީ ކުރިއަށް ގެންގޮސްފައެވެ.

ލޮޓަސް ފިހާރަ ފާހަގަ ކުރެވެނީ އިޖްތިމާޢީ ހަރަކާތްތަކަށް ވެސް ގިނަ އެހީތެރިކަމެއް ދެމުން އަންނަ ފަރާތެއްގެ ގޮތުގައެވެ. ކޯވިޑްގެ ބަލިމަޑުކަމުގެ ހާލަތުގައި ވެސް އެ ފަރާތުން ރައްޔިތުނަށް ގިނަގުނަ އެހީތެރިކަން އެކި ގޮތްގޮތުންވަނީ ފޯރުކޮށްދީފައެވެ.