މާލޭ ސިޓީގައި ޖަމާއަތުގައި ދަމުނަމާދު ކުރާނީ 23 މިސްކިތެއްގައި
1442 ވަނަ އަހަރު ރަމަޟާންމަހު ފަހު ދިހައިގައި މާލެ ސިޓީގައި ޖަމާއަތުގައި ދަމު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އާންމު ކޮށްފިއެވެ. މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައެއްގައި މާލެ ސިޓީގެ 23 މިސްކިތެއްގައި ޖަމާޢަތުގައި ދަމުނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ މިސްކިތްތަކުގެ ތެރޭގައި ހިމެނެނީ ހުޅުމާލޭގެ ހަ މިސްކިތަކާއި، ވިލިމާލޭގެ ތިން މިސްކިތެއްގެ އިތުރުން މާލޭގެ ފަނަރަ މިސްކިތެކެވެ. އެ މިސްކިތްތަކަކީ: މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލ...