1442 ވަނަ އަހަރު ރަމަޟާންމަހު ފަހު ދިހައިގައި މާލެ ސިޓީގައި ޖަމާއަތުގައި ދަމު ނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އާންމު ކޮށްފިއެވެ.

މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައެއްގައި މާލެ ސިޓީގެ 23 މިސްކިތެއްގައި ޖަމާޢަތުގައި ދަމުނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ މިސްކިތްތަކުގެ ތެރޭގައި ހިމެނެނީ ހުޅުމާލޭގެ ހަ މިސްކިތަކާއި، ވިލިމާލޭގެ ތިން މިސްކިތެއްގެ އިތުރުން މާލޭގެ ފަނަރަ މިސްކިތެކެވެ. އެ މިސްކިތްތަކަކީ:

Ad
rt
  • މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢްޡަމް (އިސްލާމީ މަރުކަޒު) - މާލެ
  • މަސްޖިދުއްސުލްޠާނު މުޙައްމަދު ބިން ޢަބްދިﷲ - މާލެ
  • މަސްޖިދުއްސުލްޠާނު މުޙައްމަދު ޝަމްސުއްދީން - މާލެ
  • މަސްޖިދުއްސުލްޠާނު މުޙައްމަދު ފަރީދުލްއައްވަލު - މާލެ
  • މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން - މާލެ
  • މަސްޖިދު ޞަލާޙުއްދީން - މާލެ
  • މަސްޖިދު ފުރްޤާން - މާލެ
  • މަސްޖިދު ޖަލާލުއްދީން - މާލެ
  • މަސްޖިދުއްނޫރު - މާލެ
  • އިބްރާހީމީ މިސްކިތް - މާލެ
  • މަސްޖިދުއްޝަހީދު ޢަލީ - މާލެ
  • މަސްޖިދު އިސްކަންދަރު - މާލެ
  • މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް) - މާލެ
  • މަސްޖިދުއްސުލްޠާން މުޙައްމަދު ޢިމާދުއްދީން - މާލެ
  • މަސްޖިދުއްސުލްޠާން މުޙައްމަދު ޖަމީލު ދީދީ - މާލެ
  • މަސްޖިދުއްސަލާމް - ވިލިމާލެ
  • މަސްޖިދުލްއިޚްލާޞް – ވިލިމާލެ
  • މަސްޖިދުލް ބިއްރީ - ވިލިމާލެ
  • މަސްޖިދު ޝައިޚް ޤާސިމް ބިން އާލްޘާނީ - ހުޅުމާލެ
  • މަސްޖިދު ޢަޒީޒާ މޫސާ - ހުޅުމާލެ
  • މަސްޖިދު ޢުމަރު ބިން ޚައްޠާބު - ހުޅުމާލެ
  • މަސްޖިދުލް ވާލިދައިނި - ހުޅުމާލެ
  • ހުޅުމާލެ ވަގުތީ މިސްކިތް (ނޭބާރހޫޑު) – ހުޅުމާލެ

މީގެއިތުރުން އިސްލާމިކް މިނިސްޓްރީން ވަނީ މި ރަމަޟާން މަހު ފަހު ދިހައެއްގައި އިއުތިކާފަށް ތިބުމަށް އަށް މިސްކިތެއް ހަމަޖައްސާފައެވެ. އެ މިސްކިތްތަކުގެ ތެރޭގައި ހިމެނެނީ މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢްޡަމް (އިސްލާމީ މަރުކަޒު)، މަސްޖިދުއްސުލްޠާނު މުޙައްމަދު ބިން ޢަބްދިﷲ، މަސްޖިދު ފުރްޤާން،މަސްޖިދު ޖަލާލުއްދީން، މަސްޖިދުއްޝަހީދު ޢަލީ، މަސްޖިދުލްއިޚްލާޞް، މަސްޖިދު ޝައިޚް ޤާސިމް ބިން އާލްޘާނީގެ އިތުރުން މަސްޖިދު ޢަޒީޒާ މޫސާއެވެ.