ބިލެތްފަހީގައި ހުޅުވި ފުރަތަމަ ގެސްޓް ހައުސް "ނަޒާ ލޮޖް"

bileh fahi guest house

ށ. ބިލެތްފަހީގައި މުޅިން އަލަށް ގެސްޓް ހައުސްއެއް ހުޅުވައިފިއެވެ.

"ނަޒާ ލޮޖެ" ގެ ނަމުގައި ބިލެތްފަހީގައި މި ގެސްޓް ހައުސް ހުޅުވައި ޚިދުމަތް ދޭން ފަށާފައިވަނީ 12 އޯގަސްޓް 2021 ވީ ބުރާސްފަތި ދުވަހު (މިއަދު) އެވެ. އެ ގެސްޓް ހައުސް ހުޅުވައި ދެއްވާފައި ވަނީ ބިލެތްފަހީ ކައުންސިލްގެ ރައީސް އަބްދުﷲ ޒިޔާދުއެވެ.

މިއަދު ބިލެތްފަހީގައި ހުޅުވިގެންދިޔަ ގެސްޓް ހައުސްއާއި ގުޅޭގޮތުން "ތިލަދުން" ނޫހަށް މަޢުލޫމާތު ދެމުން އެ ގެސްޓް ހައުސްގެ މެނޭޖަރ އަލީ ސުނީލް ބުނެފައިވަނީ މި ގެސްޓް ހައުސްއަކީ ހަމައެކަނި ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިންނަށް ހާއްސަ ކުރެވިފައިވާ ތަނެއް ނޫން ކަމަށެވެ. މި ގެސްޓް ހައުސް ލޯކަލް ފަތުރުވެރިންނަށް ވެސް ހުޅުވާލެވިފައިވާ ކަމަށާއި، މިގޮތުން ލޯކަލްއަށް ހާއްސަ ޕެކޭޖްތަކެއް ވެސް ހުންނާނެ ކަމަށެވެ.

ސުނީލް އިތުރަށް ބުނެފައި ވަނީ އެ ގެސްޓް ހައުސްއަކީ އަށް އެނދުގެ ގެސްޓް ހައުސްއަކަށް ވިޔަސް އަންނަ ފަތުރުވެރިން ބޭނުން ވެއްޖެ ހާލަތެއްގައި ކެޕޭސިޓީ އިތުރު ކުރުމުގެ ޤާބިލުކަން އެ ގެސްޓް ހައުސްއަށް ލިބިގެންވާ ކަމަށެވެ. އަދި އެ ގެސްޓް ހައުސްގައި ޗުއްޓީ ހޭދަކޮށްލުމަށް އައުމަށްޓަކައި ދުރާލާ ބުކިން ވެސް ހެއްދޭނެ ކަމަށެވެ. މިގޮތުން ބުކިން ހެއްދުމަށް އެ ގެސްޓް ހައުސްގެ ވެބްސައިޓް ނުވަތަ އެ ގެސްޓް ހައުސްގެ ފޭސްބުކް ޕޭޖް ބޭނުން ކުރުމަށް ސުނީލް ވަނީ އެދިލައްވާފައެވެ.

ސުނީލްވަނީ މިފަދަ ދަތި ދަނޑިވަޅެއްގައި ވެސް އެ ގެސްޓް ހައުސްގެ ކަންކަން ފުރިހަމަކޮށް ހުޅުވުމާ ހަމައަށް އެހީތެރިކަން ފޯރުކޮށް ދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

އެ ގެސްޓް ހައުސް މިއަދު ހުޅުވާފައިވާއިރު އެ ގެސްޓް ހައުސްއަށް މިއަދު ވެސް ވަނީ 14 ފަތުރުވެރިން އައިސްފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި