Skip to main content

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
285 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ކުޅުދުއްފުށީގައި ކޯވިޑް ފެސިލިޓީއެއް ގާއިމްކުރުމަށް، ކުރަންޖެހޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ކުޅުދުއްފުށީގައި ކޯވިޑް ފެސިލިޓީއެއް ގާއިމްކުރުމަށް، ކުރަންޖެހޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ. ކުޅުދުއްފުށީ ސިޓީގައި ކޯވިޑް ފެސިލިޓީއެއް ގާއިމްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށްދޭނޭ ފަރާތެއް ހޯދުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން އެ ހޮސްޕިޓަލުން 02 ސެޕްޓެމްބަރ 2021 ގައި ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައިވަނީ އެ ސިޓީގައި ކޯވިޑް ބަލިމީހުންނަށް ފަރުވާ ދިނުމަށްޓަކައި، ކޯވިޑް ފެސިލިޓީއެއް ޤާއިމު ކުރުމަށް ސަރުކާރުން ނިންމާފައިވާތީ މިހާރު ފުލޫކުލިނިކެއްގެ ގޮތުގައި ބޭނުންކުރަމުން އަންނަ ލޯކަލް މާރުކޭޓު އިމާރާތަށް ގެންނަށްޖެހޭ ބަދަލުތަށް ގެންނ...

ކެލާގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ރަޖިސްޓްރީ ވުމަށް ފުރުޞަތު ހުޅުވާލަނީ
Thiladhunmathi News

ކެލާގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ރަޖިސްޓްރީ ވުމަށް ފުރުޞަތު ހުޅުވާލަނީ

ޤަވައިދާ ހިލާފަށް ޑޮކިއުމަންޓުނެތި ހއ.ކެލާގައި ދިރިއުޅެމުންދާ ބިދޭސީންގެ ތެރެއިން ރަޖިސްޓްރީ ވުމަށް ބޭނުންވާ ބިދޭސީން ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު ހުޅުވާލުމަށް ކެލާ ކައުންސިލުން ނިންމައިފިއެވެ. ކެލާ ކައުންސިލާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން އެ ރަށުގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ރަޖިސްޓަރީ ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މި ހިނގާ ސެޕްޓެމްބަރ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ބި...

އަމިއްލަ ފަރާތްތަކުން އޮއިވާލި ކަނދުފަތި ފަރުމާކޮށް ހަރުކުރުމަކީ މަނާކަމެއް: ފިޝަރީޒް މިނިސްޓްރީ
Raajje

އަމިއްލަ ފަރާތްތަކުން އޮއިވާލި ކަނދުފަތި ފަރުމާކޮށް ހަރުކުރުމަކީ މަނާކަމެއް: ފިޝަރީޒް މިނިސްޓްރީ

ބައެއް ފަރާތްތަކުން އަމިއްލަ ތަކެތީގައި އޮއިވާލި ކަނދުފަތި ފަރުމާކޮށް ހަރުކުރުމުގެ މަސައްކަތް ކުރަމުންދާކަމުގެ މަޢުލޫމާތު މިނިސްޓްރީ އޮފް ފިޝަރީޒްއަށް ލިބެމުންދާތީ އެ ކަމަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ޤަވާއިދުގެ ދަށުން މަނާކަމެއް ކަމުގައި އެ މިނިސްޓްރީން ހާމަކޮށްފިއެވެ. މިކަން ހާމަކޮށް އެ މިނިސްޓްރީން 01 ސެޕްޓެމްބަރ 2021 ގައި ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އާންމު ޤަވާއިދު (ޤަވާއިދު ނަންބަރު 2020/R-75) ގެ 20 ވަނަ މާއްދާގެ (ހ) ގައިވާގޮތުގެ މަތިން،...

އަޔަލެންޑް ކޮޅަށް ފަހު ވަގުތު ދެ ލަނޑުޖަހައި، އަލީ ދާއީގެ ރެކޯޑް ރޮނާލްޑޯ މުގުރާލައިފި
Sports

އަޔަލެންޑް ކޮޅަށް ފަހު ވަގުތު ދެ ލަނޑުޖަހައި، އަލީ ދާއީގެ ރެކޯޑް ރޮނާލްޑޯ މުގުރާލައިފި

ވޯލްޑްކަޕް ޔޫރަޕްގެ ކޮލިފައިންގެ ގްރޫޕް އޭގައި ރޭ ޕޯޗުގަލްއާއި އަޔަލެންޑް ބައްދަލުކުރި މެޗުގައި ދެ ލަނޑުޖަހައި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީގެން އީރާނުގެ ލެޖެންޑް އަލީ ދާއީ ހަދާފައިވާ ރެކޯޑް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ މުގުރާލައިފިއެވެ. މި މެޗު ޕޯޗުގަލް ކާމިޔާބު ކޮށްފައި ވަނީ އަޔަލެންޑް ލަނޑެއްޖަހާފައި ވަނިކޮށް މެޗުގެ ފަހު ވަގުތު ރޮނާލްޑޯ ކާމިޔާބުކުރި ދެ ލަނޑާއިއެކު 2-1 ގެ ނަތީޖާއަކުންނެވެ. ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތާއި ހިސާބަށް ޤައުމީ ޓީމަށް […]

ނައިވާދޫ ކައުންސިލުން މާލޭ ސަރަހައްދުގައި ދިރިއުޅޭ އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރަނީ
Thiladhunmathi News

ނައިވާދޫ ކައުންސިލުން މާލޭ ސަރަހައްދުގައި ދިރިއުޅޭ އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރަނީ

މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅެމުން ގެންދާ ހދ.ނައިވާދޫގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ. މިކަމާއި ގުޅިގެން އެ ކައުންސިލުން މިއަދު ކޮށްފައިވާ އިޢުލާނުގައި ވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ދިރިއުޅޭ އެ ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުން 02 ސެޕްޓެމްބަރ 2021 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:45 ގައި ހުޅުމާލޭ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް ހޯލުގައި އޮންނާނެ ކަމަށެވެ. ސަރުކާރުގެ ވުޒާރާތަކާއި ބައްދަލުކޮށް ނައިވާދޫއަށް ކުރިމަގުގައި ގެނެވިދާނެ ތ...

ކުޅުދުއްފުށީ ވިޔަފާރި ވެރިންނަށް ވިޔަފާރިއާއި އިންސާނީ ހައްޤާއި ގުޅޭގޮތުން މައުލޫމާތު ދެނީ
Thiladhunmathi News

ކުޅުދުއްފުށީ ވިޔަފާރި ވެރިންނަށް ވިޔަފާރިއާއި އިންސާނީ ހައްޤާއި ގުޅޭގޮތުން މައުލޫމާތު ދެނީ

ހދ. ކުޅުދުއްފުށީ ސިޓީގެ ވިޔަފާރި ވެރިންނަށް އަމާޒުކޮށްގެން ވިޔަފާރިއާއި އިންސާނީ ހައްޤާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ. މި ސެޝަންއަކީ ހިއުމަން ރައިޓްސް ކޮމިޝަންގެ އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ފަރާތުން އެ ސިޓީގެ ވިޔަފާރި ވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ސެޝަންއެކެވެ. އެޗްއާރުސީއެމް އިން ކުރިއަށް ގެންދާ “އިންޓަގްރޭޓެޑް ހިއުމަން ރައިޓްސް ޕްރޮގްރާމް” ގެ ދަށުން ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ގުޅިގެން އެ ސިޓީގައި ކުރިއަށް...

ގްރީޒްމަން ބާސާ ދޫކޮށް އޭނާގެ ކުރީގެ ކުލަބަށް
Sports

ގްރީޒްމަން ބާސާ ދޫކޮށް އޭނާގެ ކުރީގެ ކުލަބަށް

ބާސެލޯނާއަށް ކުޅެމުންއައި ފްރާންސްގެ ފޯވާޑް އެންޓޯނިއޯ ގްރީޒްމަން އެ ޓީމް ދޫކޮށް ލޯނު އެއްބަސްވުމެއްގެ ދަށުން އޭނާގެ ކުރީގެ ކުލަބް ކަމުގައިވާ އެތުލެޓިކޯ މެޑްރިޑާއި ގުޅިއްޖެއެވެ. ގްރީޒްމަން އެތުލެޓިކޯ މެޑްރިޑަސް ގެނެސްފައި ވަނީ 2014 ވަނަ އަހަރު ރެއާލް ސޮސިއެޑާޑުންނެވެ. އެ އަހަރުން ފަށައިގެން 2019 އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށް ފަސް އަހަރެއްހާ ދުވަހު އޭނާ ވަނީ އެތުލެޓިކޯގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެ ފަސް އަހަރު އޭނާ އެތުލެޓިކޯއަށް ކުޅުނު 257 މެޗުގައި 133 […]

ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގައި 08 ކްލާސްރޫމް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގައި 08 ކްލާސްރޫމް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

ހދ.ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގައި 08 ކުލާސްރޫމް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސުން އިޢުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އެދިލެއްވުމުގެ މަތިން ފިނޭންސް މިނިސްޓްރީން 30 އޯގަސްޓް 2021 ގައި ކޮށްފައިވާ އިޢުލާނުގައި ކުޅުދުއްފުށީ އަފީފުއްދީން ސްކޫލްގެ 8 ކުލާސް ރޫމްގެ އިތުރުން ސ. މަރަދޫފޭދޫ އިރުޝާދިއްޔާ ސްކޫލުގައި 12 ކްލާސްރޫމާއި ލެބް އަދި އޮފީސް އިމާރާތް ކުރުމުގެ މަސައްކަތާއި، ސ.އަތޮޅު މަދަރުސާގައި 06 ކްލާސްރޫމް އިމާރާތް ކުރުމުގެ މަސަ...

ކުމުންދޫ ނޭޗާރ ޕާކް ސަރަހައްދުގެ ކޮންސެޕްޓް ޑިޒައިންއާއީ އީއައިއޭ ހަދައިދޭނެ ފަރާތެއް ހޯދަނީ
Thiladhunmathi News

ކުމުންދޫ ނޭޗާރ ޕާކް ސަރަހައްދުގެ ކޮންސެޕްޓް ޑިޒައިންއާއީ އީއައިއޭ ހަދައިދޭނެ ފަރާތެއް ހޯދަނީ

ހދ.ކުމުންދޫ ނޭޗާރ ޕާކް (ވެހިސަރާ) ސަރަހައްދުގެ ކޮންސެޕްޓް ޑިޒައިންއާއި އެންވަޔަރަންމެންޓް އިންސްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހަދައިދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. ކުމުންދޫ (ވެހިސަރާ) ނޭޗަ ޕާކަކީ ކުމުންދޫ ރިވައިވަލް އިނިޝިއޭޓިވް (ކުރެވި) ޖަމްޢިއްޔާއާއި އެ ޖަމްޢިއްޔާގެ ދަށުން އުފެދިފައިވާ ޓީމެއްކަމުގައިވާ ޒީރު ސްޕޯޓްސް ކުލަބުގެ ފަރާތުން އެރަށު ކަނޑޫފަލުގައި ތަރައްޤީ ކޮށްފައިވާ ޕާކެކެވެ. މި ޕާކުގެ ފެންގަނޑު މެދުގައި ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލުމަށް ހަޓަކާއި އަ...

ކެލާ ބަނދަރު ސަރަހައްދުގައި ފިހާރައާއި ގުދަން ހަދައިދޭނެ ފަރާތެއް ހޯދަން އަނެއްކާ ވެސް އިޢުލާންކޮށްފި
Thiladhunmathi News

ކެލާ ބަނދަރު ސަރަހައްދުގައި ފިހާރައާއި ގުދަން ހަދައިދޭނެ ފަރާތެއް ހޯދަން އަނެއްކާ ވެސް އިޢުލާންކޮށްފި

ހއ.ކެލާ ބަނދަރުމަތީ ސަރަހައްދުގައި ފިހާރަ، ގުދަން ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޑިޒައިންކޮށް ބިނާ ކޮށްދޭނެފަރާތެއް ހޯދުމަށް މި މަހުގެ 20 ވަނަ ދުވަހު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނާއި ގުޅިގެން އެކަށީގެން ވާވަރަށް ފަރާތްތަކުން ސައުގުވެރިކަން ފާޅުކޮފައި ނުވާތީވެ، އެ އިޢުލާން ބާތިލުކޮށް އެ ކައުންސިލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަނެއްކާ ވެސް އިޢުލާން ކޮށްފިއެވެ. އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 29 އޯގަސްޓް 2021 ވީ އާދީއްތަ ދުވަހު އެ ކައުންސިލުން […]

މެސީ ޕީއެސްޖީއަށް ކުޅެދިން ފުރަތަމަ މެޗުން އެ ޓީމް މޮޅުވެއްޖެ
Sports

މެސީ ޕީއެސްޖީއަށް ކުޅެދިން ފުރަތަމަ މެޗުން އެ ޓީމް މޮޅުވެއްޖެ

ފްރާންސް ލީގުގެ ގަދަބާރެއް ކަމުގައިވާ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ލައިނަލް މެސީ ކުޅެދިން ފުރަތަމަ މެޗުން އެ ޓީމް މޮޅުވެއްޖެއެވެ. އާދީއްތަ ދުވަހުގެ ރޭ ރަށުން ބޭރުގައި ޕީއެސްޖީ ބައްދަލު ކޮށްފައިވަނީ ރެއިމްސްއާއެވެ. ޕީއެސްޖީން މި މެޗު ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޕީއެސްޖީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެ ޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު 15 ވަނަ މިނެޓުގައި ޑިމާރިއާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި […]

ބެޓިސް އަތުން ރެއާލްއަށް ހަނި މޮޅެއް
Sports

ބެޓިސް އަތުން ރެއާލްއަށް ހަނި މޮޅެއް

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު ހަނި ގޮތަކަށް ރެއާލް މެޑްރިޑުން ކާމިޔާބު ކޮށްފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ބެޓިސްގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލް ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ދެ ޓީމްގެ ފަރާތުން ވެސް ފެނިގެން ގޮސްފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ދެ ޓީމުން ވެސް ވަނީ އިދިކޮޅު ގޯލަށް […]

އެއްކުޅުންތެރިއަކު މަދުކޮށް ކުޅެ، ޗެލްސީން ލިވަޕޫލް ހިފަހައްޓައިފި
Sports

އެއްކުޅުންތެރިއަކު މަދުކޮށް ކުޅެ، ޗެލްސީން ލިވަޕޫލް ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ލިވަޕޫލާއި ޗެލްސީ ބައްދަލުކުރި މެޗުގެ ބޮޑުބައެއްގައި ޗެލްސީން އެއް ކުޅުންތެރިއަކު މަދުކޮށްކުޅުނު ނަމަވެސް އެ ޓީމުން ލިވަޕޫލް މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ. ލިވަޕޫލުގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމްގެ ފަރާތުން ވެސް ފެނިގެން ގޮސްފައި ވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާފައި ވަނީ ޗެލްސީންނެވެ. […]

އާސެނަލް ކޮޅަށް ސިޓީން ފަސް ލަނޑު ޖަހައިފި
Sports

އާސެނަލް ކޮޅަށް ސިޓީން ފަސް ލަނޑު ޖަހައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ އާސެނަލްއާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު ބޮޑު ތަފާތަކުން ސިޓީން ކާމިޔާބު ކޮށްފިއެވެ. ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ސިޓީން އާސެނަލްގެ މައްޗަށް ކުރި ހޯދާފައި ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއިންނެވެ. ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުންވަނީ 81 އިންސައްތަ ބޯލް ޕޮޒިޝަން ހިފަހައްޓައި އާސެނަލްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ސިޓީން އާސެނަލްގެ ގޯލާއި […]

ހާލަންޑް ފަހުވަގުތު ލަނޑުޖަހައި ޑޯޓްމަންޑް މޮޅުކޮށްދީފި
Sports

ހާލަންޑް ފަހުވަގުތު ލަނޑުޖަހައި ޑޯޓްމަންޑް މޮޅުކޮށްދީފި

ޖަރުމަނު ލީގުގައި ހުކުރު ދުވަހުގެ ރޭ ބްރޫޝިއާ ޑޯޓްމަންޑާއި ހޮފެއިންހަމް ބައްދަލުކުރި މެޗު އެއްވަރުވާން ދަނިކޮށް މެޗުގެ އެންމެ ފަހު ވަގުތު ޑޯޓްމަންޑްގެ ޒުވާން ފޯވާޑް ލަނޑުޖަހައި އެ ޓީމް މޮޅުކޮށްދީފިއެވެ. މި މެޗު ޑޯޓްމަންޑް ކާމިޔާބު ކޮށްފައި ވަނީ 3-2 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ހާފހުގައި ލަނޑެއް ފެނިގެން ގޮސްފައި ނުވެއެވެ. ނަމަވެސް މެޗުގެ ފަހު ހާފުގައި ޖުމްލަ ފަސްލަނޑު ވަނީ ފެނިގެން ގޮސްފައެވެ. މެޗުގައި ފުރަތަމަ […]