ހދ. ކުރިނބީގެ ކަރަންޓު ކެޕޭސިޓީ އިތުރު ކުރުމަށް ފެނަކަ ކޯޕަރޭޝަނުން އެ ރަށަށް ގެންދިޔަ ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ނިންމައި ޚިދުމަތްދޭން ފަށައިފިއެވެ.
ފެނަކައިން ކުރިނބީއަށް ކަރަންޓް ފޯރުކޮށްދެމުންއައި ޖެނަރޭޓަރުން، އެ ރަށަށް ޚިދުމަތް ފޯރުކޮށްދެވޭ ވަރަށްވުރެ ކަރަންޓަށް އޮތް ޑިމާންޑު ބޮޑުވެ ދޭތެރެ ދޭތެރެއުން ކަރަންޓް ކެނޑުމުގެ މައްސަލަ ކުރިމަތިވަމުން އަންނާތީވެ، އެ މައްސަލަ ހައްލު ކުރުމުގެ ގޮތުން އެ ރަށަށް 250 ކިލޯވޮޓްގެ ޖަނަރޭޓަރެއް ގެންގޮސްފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.
ފެނަކަ ކުރިނބީ ބްރާންޗުން ހާމަކޮށްފައިވާ ގޮތުގައި އެ ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ނިންމައި އެ ރަށަށް ޚިދުމަތް ފޯރުކޮށްދޭން ފަށާފައި ވަނީ 27 އޯގަސްޓް 2021 ވީ ހުކުރު ދުވަހު (މިއަދު) އެވެ.
ހދ. ކުރިނބީ ބްރާންޗްގެ ކަރަންޓް ހާލަތު ރަނގަޅުކުރުމަށް ގެނެވުނު 250 ކިލޯވޮޓް ޖަނަރޭޓަރ އިންސްޓޯލްކޮށް 27-08-2021 ވަނަ ދުވަހު ވަނީ ބޭނުންކުަރަން ފެށިފައި#ޓީމްފެނަކަ pic.twitter.com/9upPk3x0i2
— HDh. Kurinbi Fenaka (@KurinbiFNK) August 27, 2021
އައު ޖަނަރޭޓަރ އިންސްޓޯލްކުރެވި ބޭނުން ކުރަން ފެށިގެން ދިޔުމާއިއެކު އާބާދީގައި 450 ހާ މީހުން ދިރިއުޅެމުން އަންނަ އެ ރަށުން ދޭތެރެ ދޭތެރެއިން ކަރަންޓް ކަނޑައިގެން ދާ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމުގައި ފެނަކައިން ހާމަކުރެއެވެ.
ފެނަކައިން އަންނަނީ ރާއްޖޭގެ ރަށްރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!