ހއ.ކެލާ ބަނދަރުމަތީ ސަރަހައްދުގައި ފިހާރަ، ގުދަން ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޑިޒައިންކޮށް ބިނާ ކޮށްދޭނެފަރާތެއް ހޯދުމަށް މި މަހުގެ 20 ވަނަ ދުވަހު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނާއި ގުޅިގެން އެކަށީގެން ވާވަރަށް ފަރާތްތަކުން ސައުގުވެރިކަން ފާޅުކޮފައި ނުވާތީވެ، އެ އިޢުލާން ބާތިލުކޮށް އެ ކައުންސިލުން އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަނެއްކާ ވެސް އިޢުލާން ކޮށްފިއެވެ.

އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް 29 އޯގަސްޓް 2021 ވީ އާދީއްތަ ދުވަހު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި އިތުރަށް ބުނެފައި ވަނީ އެ ރަށުގެ ބިނާވެށި ޕްލޭންގައި ހިމެނިފައިވާ އެ ރަށު ބަނދަރުގެ ޕްލޮޓްނަންބަރ (Comm/4) އަދި (Comm/6)، ގައި ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ފިހާރައާއި ގުދަން ޑިޒައިންކޮށް ބިނާކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭންވާ ކަމަށާއި، އެ ކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އެ ކައުންސިލްގެ އިދާރާއިން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު އެކަމަށް އެދި ޕްރޮޕޯސަލް ހުށަހަޅުއްވަމުން ގެންދިޔުމަށެވެ.

Ad
rt

އެ މަސައްކަތާއިގުޅޭ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން 06 ސެޕްޓެމްބަރ 2021 ވާ ހޯމަ ދުވަހު 13:00 އެ އިދާރާގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، ސެޕްޓެމްބަރ މަހުގެ 9 ވާ ބުރާސްފަތި ދުވަހުގެ 13:00 ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.

މަޢުލޫމާތު ސާފުކުރުމާއި ޕްރޮޕޯސަލް ހުށަހެޅުމުގައި ބައިވެރިވެވޭނީ ކުންފުނި ،ޕާޓްނަރޝިޕް ،ލޯކަލް އިންވެސްޓްމަންޓް، އަމިއްލަ ފަރުދުންގެ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތައް ކަމަށް އެ އިޢުލާނުގައި ވަނީ ބުނެފައެވެ.

މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 އޮގަސްޓް 2021 ން 06 ސެޕްޓެމްބަރ 2021 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 13:00 އަށް އެ އިދާރާގެ ކައުންޓަރަށް ވަޑައިގަތުމުން ރަޖިސްޓަރ ކުރެވުން ނުވަތަ ބިޑް ރަޖިސްޓްރޭޝަން ފޯމް ލިންކް https://tinyurl.com/69tbc9a6 މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.