ހދ. ކުޅުދުއްފުށީ ސިޓީގެ ވިޔަފާރި ވެރިންނަށް އަމާޒުކޮށްގެން ވިޔަފާރިއާއި އިންސާނީ ހައްޤާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ.

މި ސެޝަންއަކީ ހިއުމަން ރައިޓްސް ކޮމިޝަންގެ އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ފަރާތުން އެ ސިޓީގެ ވިޔަފާރި ވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދަން ނިންމާފައިވާ ސެޝަންއެކެވެ.

Ad
rt

އެޗްއާރުސީއެމް އިން ކުރިއަށް ގެންދާ "އިންޓަގްރޭޓެޑް ހިއުމަން ރައިޓްސް ޕްރޮގްރާމް" ގެ ދަށުން ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ގުޅިގެން އެ ސިޓީގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސެޝަން ކުރިއަށް ގެންދިޔުމަށް ނިންމާފައި ވަނީ 07 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ ރޭ 20:30 ން 22:00 އަށެވެ.

މި ސެޝަންގައި ބައިވެރިވާން ބޭނުންފުޅުވާ ވިޔަފާރިވެރިން https://forms.gle/3aTj5L5zuLrJZYZ56 މި ލިންކް ބޭނުން ކުރައްވައި 5 ސެޕްޓެމްބަރ 2021 ވަނަ ދުވަހުގެ 12:00ގެ ކުރިން ނަން ނޯޓް ކުރެއްވުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.

ކުޅުދުއްފުށީ ސިޓީއަކީ އުތުރުގެ ވިޔަފާރީގެ މައި ހަބެވެ. މާލޭން ލިބެން ހުންނަ ހުރިހާ ބާވަތެއްގެ މުދާހެން އެ ސިޓީގެ ފިހާރަތަކުން ލިބެން ހުންނައިރު، އެ ސިޓީގެ ބޮޑެތި ފިހާރަތަކުން އެންމެ އުތުރުގެ 3 އަތޮޅުގެ ގިނަ ރައްތަކަށް މުދާ ހޯލްސޭލްވެސް ކުރެއެވެ.