ރެއާލްއާއި ސިޓީއަށް ފަސޭހަ މޮޅެއް
ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެ ރޭ ރެއާލް މެޑްރިޑާއި ޝަޚްތަރ ޑޮނެސްކް ބައްދަލުކުރި މެޗު ރެއާލުން ފަސޭހަކަމާއި އެކު ކާމިޔާބުކުރި އިރު، މެންޗެސްޓާ ސިޓީއާއި ކުލަބް ބުރޫޖް ބައްދަލުކުރި މެޗު ފަސޭހަކަމާއި އެކު ސިޓީން ކާމިޔާބު ކޮށްފިއެވެ. ޝަޚްތަރގެ ދަނޑުގައި ކުޅުނު މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގައި ރެއާލްގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ފުރަތަމަ ހާފުގެ ބޮޑުބައި ޝަޚްތަރއިން ރެއާލް ހިފެހެއްޓި […]