"އެންޒެޑް އެމާ ކެލާ އިންވިޓޭޝަން ވޮލީބޯލް ޓޯނަމެންޓް 2021" ފަށައިފި

IMG_20211015_145716_170

ހއ. ކެލާގައި ހުންނަ އެމާ ފިހާރައާއި ބެނާ ފަދަ ތަކެތި ޕްރިންޓްކުރާ އޮންލައިން ވިޔަފާރިއެއް ކަމަށްވާ އެންޒެޑް ގުޅިގެން ކަނބަލުންނަށް ހާއްސަ ކޮށްގެން ކެލާގައި ކުރިއަށް ގެންދާ "އެންޒެޑް އެމާ ކެލާ އިންވިޓޭޝަން ވޮލީބޯލް ޓޯނަމެންޓް 2021" ފަށައިފިއެވެ.

މި މުބާރާތުގެ ފުރަތަމަ މެޗު 13 އޮކްޓޯބަރ 2021 ވީ ބުދަ ދުވަހު ކެލާ ޔޫތު ފޯރަމް ވޮލީ ކޯޓުގައި ކުޅެފައިވާއިރު، މި މެޗުގައި ބައްދަލު ކޮށްފައިވަނީ ޓީމް ކެލަވަކި އަދި ޓީމް ނާޅިއެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްފައި ވަނީ ކެލަވަކި ޓީމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކެލަވަކި ޓީމްގެ ޖޯޒީ ނަމްބަރ 12 ޝަހުމީލާ އަބްދުލް ހަކީމެވެ.

މި މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ މުބާރާތް ރަސްމީކޮށް ފައްޓަވައި ދެއްވާފައި ވަނީ މުބާރާތުގެ ޝަރަފްވެރި މެހެމާން ކެލާ ކައުންސިލްގެ ރައީސް އަބްދުﷲ އިންފާޒެވެ.

މުބާރާތުގެ ދެވަނަ މެޗުގައި ބުރާސްފަތި ދުވަހުގެ ހަވީރު ބައްދަލު ކޮށްފައިވަނީ މުޅި ފޯ ޓީމާއި، މި މުބާރާތުގައި ރަށުން ބޭރުން ވާދަކުރާ ހަމައެކަނި ޓީމް ކަމުގައިވާ ހއ.ވަށަފަރު ސޭފްސެޓް ޓީމެވެ.

މި މެޗު ސީދާ ތިންސެޓުން ކާމިޔާބު ކޮށްފައިވަނީ މުޅި ފޯ ޓީމުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މުޅި ފޯ ޓީމްގެ އިބާދާއެވެ.

މި މުބާރާތުގައި ޖުމްލަ ފަސް ޓީމެއް ވާދަކުރަމުން އަންނައިރު އެ ޓީމް ތަކަކީ ކެލާ ނާޅި، ކެލަވަކި، މުޅި ފޯ، ސިއްސުވާލި ޓީމްގެ އިތުރުން ޓީމް ސޭފްސެޓްއެވެ. މި މުބާރާތަކީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް، އެންމެގިނަ ޕޮއިންޓު ހޯދާ 2 ޓީމު ފައިނަލްގައި ކުޅޭގޮތަށް ކުރިއަށް ގެންދާ މުބާރާތެކެވެ.

މި މުބާރާތަކީ "އެންޒެޑް އެމާ ކެލާ އިންވިޓޭޝަން" ވޮލީ މުބާރާތުގެ ފުރަތަމަ މުބާރާތެވެ. މި މުބާރާތުގެ ރަސްމީ މީޑިއާރ ޕާރޓްނަރުގެ ހައިސިއްޔަތުން "ތިލަދުން" އިން މުބާރާތުގެ ކަވަރެޖް ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި