ޕެލަސް އަތުން ބަލިނުވެ އާސެނަލް ސަލާމަތްވީ ކިރިޔާ

photo_2021-10-19_13-44-44

އިނގިރޭސި ޕްރިމިއާ ލީގުގައި ހޯމަ ދުވަހުގެ ރޭ އާސެނަލްއާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ގޮސްފައި ވަނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.

ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައި ވަނީ އާސެނަލްއިންނެވެ. މި ލަނޑި މެޗުގެ އަށްވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ އޮބާމެޔަންއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިފައި ވަނީ މި ނަތީޖާއިންނެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ލަނޑުޖަހައި ޕެލަސް އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު 50 ވަނަ މިނެޓުގައި ޖޯޑަން އަޔޫ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ބެންޓެކޭއެވެ. ޕެލަސްއިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފައި ވަނީ 73 ވަނަ މިނެޓުގައި އެޑުއާޑޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

މި ނަތީޖާއާއިއެކު މެޗު ނިމެންދަނިކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނެޓުގެ ވެސް ފަހު ވަގުތު ލަނޑުޖަހައި އާސެނަލް ބަލިން ސަލާމަތް ކޮށްދީފައި ވަނީ އެ ޓީމްގެ ފްރާންސް ފޯވާޑް ލަކަޒޭޓްއެވެ.

މި ނަތީޖާއާއިއެކު އާސެނަލް މިވަގުތު އޮތީ ކުޅުނު 8 މެޗުން ލިބުނު 11 ޕޮއިންޓާއިއެކު ތާވަލުގެ 12 ވަނާގައެވެ. ޕެލަސް މިވަގުތު އޮތީ ކުޅުނު 8 މެޗުން ލިބުނު 8 ޕޮއިންޓާއިއެކު ތާވަލުގެ 14 ވަނާގައެވެ. ޕޮއިންޓް ތާވަލުގެ އެއްވަނާގައި މިވަގުތު އޮތީ ޗެލްސީއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ހިޔާލު ދެއްވާ!

Your email address will not be published.